ކުޑަހުވަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ޖައިޝަމަށް ލިބިވަޑައިގެންފި

ކުޑަހުވަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޕުރައިމަރީއަކާ ނުލައި މުހައްމަދު ޖައިޝަމް އިބްރާހިމަށް ލިބިވަޑައިގެންފި އެވެ.
އެމްޑީޕީގެ ކުޑަހުވަދޫ ދާއިރާގެ ޓިކެޓް ޖައިޝަމަށް ލިބިވަޑައިގެންނެވީ އެ ދާއިރާއަށް ކުރިމަތިލައްވާފައިވާ ދެ ކެނޑިޑޭޓުންގެ ތެރެއިން ދ.ކުޑަހުވަދޫ އަނބުގަސްދޮށުގެ، މުހައްމަދު އިސްމާއިލްގެ ނަން އަނބުރާ ގެންދެވުމާ ގުޅިގެނެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓް ދިނުމަށް ބާއްވާ ބައެއް ދާއިރާތަކުގެ ވޯޓްލުން މިހާރު ނިމިފައިވާއިރު ބާކީ ހުރި ދާއިރާތަކުގެ ވޯޓުލުން ބާއްވާނީ މާދަމާ އެވެ. އެގޮތުން މިހާތަނަށް ޕްރައިމަރީޒް ބޭއްވިފައި ނުވާ 30 ދާއިރާއެއްގެ ވޯޓްލުން މާދަމާ ކުރިއަށްދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ