ބޯފެނަށް ޖެހިފައި ވާތީ އިހަވަންދޫ ރައްޔިތުން އިސްތިސްޤާ ނަމާދު ކޮށްފި

ބޯފެނަށް ޖެހިފައި ވާތީ އިހަވަންދޫ ރައްޔިތުން އިސްތިސްޤާ ނަމާދު ކޮށްފިއެވެ. ބައެއް މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް މުއީދު ވިދާޅުވީ ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެ، އިހަވަންދޫ ރައްޔިތުން ބޯފެނަށް ޖެހިފައިވާތީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިހަވަންދުއަށް ފެން ފޯރުކޮށްދީފައި ވިޔަސް އެ ރަށުގައި އިއްޔެގެ ހުކުރު ނަމާދުގެ ކުރިން ހެނދުނު ހަތްގަޑި ބައިހާއިރު އިސްތިސްޤާ ނަމާދު ކޮށްފައި ވާކަމަށެވެ. މުއީދު ވިދާޅުވީ އިހަވަންދޫ ރައްޔިތުން ބޯފެނަށް ޖެހިފައި ވާލެއް ބޮޑުކަމުން ކައުންސިލުގެ ނިންމުމާއި އެއްގޮތަށް އެ ރަށުގައި އިއްޔެ ހެނދުނު ހަތްގަޑި ބައިން ފެށިގެން އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގައި ކުރެވުނު އިސްތިސްޤާ ނަމާދަށް ރައްޔިތުންގެ ގިނަ ބަޔަކު ޙާޒިރުވެ ދުޢާކޮށްފައި ވާކަމަށެވެ. ބޯފެނަށް ޖެހިފައި ވާތީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިހަވަންދުއަށް ފޮނުވި ފުރަތަމަ ފެނުގެ އެހީގައި އެ ރަށަށް ފަންސާސް ޓަނުގެ ފެން ފޯރުކޮށްދީފައި ވާކަމަށާއި، ރައްޔިތުން ފެނަށް ޖެހިފައި ވާލެއް ބޮޑުކަމުން އެ ފެން ހުސްވުމުން ފެނުގެ އިތުރު ޝިޕްމަންޓެއް ހދ ކުޅުދުއްފުށިން ބަރުކޮށްގެން ގެނެސް އެރަށަށް ފެން ފޯރުކޮށްދެމުން ގެންދާ ކަމަށް ރަށު ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ