ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމާ ގުޅޭ އާ ގަވާއިދު ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފަށައިފިއެވެ.
ޖޫން 9، 2026 ގައި ގެޒެޓްކުރި މި ގަވާއިދަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011/17) ގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ސަބަބުން މަސްތުވާތަކެތީގެ ތަހުގީގުތައް ހަރުދަނާވެ، އިޖުރާއަތްތައް ހިންގުމުގައި ތަހުގީގުކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ގަވާއިދަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އެ ތަކެތި އެތެރެކުރުމާއި ބޭނުންކުރުމުގެ ސަބަބުން މުޖުތަމައަށް ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ބާރެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން، މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އެ ތަކެތި އެތެރެކުރުމާއި، ބޭނުންކުރުމުގެ ސަބަބުން މުޖުތަމައަށް ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ބާރެކެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ބައްސާމް ގަތް ޕެންޓްހައުސްތަކުގެ މުއާމަލާތްތައް ހައިކޯޓުން ހުއްޓުވައިފި ޝަމްއާންގެ މައްސަލާގައި ކަން ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދޭން އެދެފި ހިމަބިހީގެ އިތުރު 4 ކޭސްއާއި އެކު ޕޮޒިޓިވްވި އަދަދު 15 އަށް އަރައިފި މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު 20 ރުފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ