ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ރައްޔިތުންނަށް ހަރާންކޯރު ވަމުން ކަމަށާއި އެ މަނިކުފާނުގެ އެންމެ އަރިސް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމާމެދު ކަން ކުރެއްވި ގޮތުން ރައީސް ޔާމީންގެ "ސިޔާސީ ޗެޕްޓާ" ނިމިގެން ދިޔައީ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީން"ގެ ނަމުގައި މާލޭ ސިޓީ ހޯލްގެ ގޯތި ތެރޭގައި މިހާރު ބާއްވަމުންދާ ޖަލްސާގައި އަމީން ވިދާޅުވި ގޮތުގައި ނާޒިމާމެދު ކަންތައް ކުރެއްވި
ގޮތާއި އޭނާ 25 އަހަރަށް ޖަލަށް ލުމަކީ ރައީސް ޔާމީންގެ ސިޔާސި ހަޔާތް ނިމިގެން ދިއުމެވެ. "ޒަމާނުން ފެށިގެން
ސިޔާސީ ގޮތުން އެ މަނިކުފާނާ އެންމެ ކައިރީގައި އެންމެ އަރިހުގައި
ބަހައްޓަވަމުން ގެންދެވީ ކެޕްޓަން ނާޒިމް، އެ މަނިކުފާނުގެ ބައިވެރިން
ވިދާޅުވާ ގޮތުން. އާދެ އެމްޕީ އަހްމަދު ނާޒިމުގެ ކަންތައް އެ
ނިންމަވާލެއްވި ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަޔާތް، އެ ޗެޕްޓާ
އެއްކޮށް ނިމުނީއޭ. މިއީ އާދައިގެ ވާހަކައެއް ނޫން އަޅުގަނޑު މިބުނީ،"
އަމީން ވިދާޅުވި އެވެ. "ކެޕްޓަން ނާޒިމްގެ ކަންތައްތައް އެ
ގެންދެވި ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަޔާތުގެ ބާބު އެއްކޮށް
ނިމުނީއޭ. މި ހިސާބަކުން ދެން ދިވެހި ރައްޔިތުންނެއް ރައީސް އަބްދުﷲ
ޔާމީންގެ އަރިހަކުން އެދޭނެ ސިޔާސީ މަންފާއެއް ނެތޭ. އެ މަނިކުފާނަށް
ކުރާނެ އިތުބާރެއް ނެތޭ." އެމްޑީޕީ އާއި އަދާލަތުގެ ޖަލްސާގައި އަމީން މިރޭ ވާހަކަދައްކަވަނީ.--ފޮޓޯ: ނަސްރުﷲ ސޯލިހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ގެންދިޔަ ގޮތުން، އަމީން ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުގައި ރައީސް ޔާމީންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް "ފްރޭމްކޮށް،" ޖަލަށްލުމުން، ރައީސް ޔާމީނަށް ރައްޔިތުން ކުރި ހުރިހާ އިތުބާރެއް ގެއްލިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމަށް ކުރަމުން ގެންދާ "އިގްތިސޯދީ އަނިޔާގެ" ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ވެސް އޭނާ ވިދާޅުވި އެވެ. މިކަންކަމުން ދޭހަވަނީ، އަމީން ވިދާޅުވި ގޮތުގައި، ސަރުކާރުން ގެންނާނެ ޑިމޮކްރަސީގެ ރީތިކަމެއް ނެތުމެވެ. މި ހިސާބަށް ކަންކަން ދިއުމުން މަޝްވަރާގެ މޭޒަށް ވަޑައިގަތުން ނޫން ގޮތެއް ދެން ރައީސް ޔާމީނަށް ނޯންނާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ ހުރިހާ ނިޒާމުތައް ހަލާކުކޮށްލަމުން ކަމަށާއި ނަމަވެސް ދުނިޔޭގެ ތަޖުރިބާއިން ފެންނަން އޮތީ ގައުމުތަކުގެ ވެރިންނާއި ސަރުކާރުތަކުން ހިންގާފައިވާ ބޮޑެތި ޖަރީމާތައް ކޮންމެ ވެސް ދުވަހަކުން ފަޅައި އަރައިގެން ދިއުމެވެ. އެހެންވެ މި ސަރުކާރުން ހިންގަމުންދާ ޖަރީމާތައް ވެސް ފަޅާއަރާނެ ދުވަސް އަންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.
މެމްބަރު ނާޒިމާމެދު ކަން ކުރި ގޮތުން ރައީސް ޔާމީންގެ ސިޔާސީ ބާބު ނިމިއްޖެ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ