މައުމޫނު ޖަލަށް ދާން ޖެހުމުން ނަޝީދުގެ ފަރާތުން “ޕާޓީ”އެއް!

ކުރީގެ ރައީސް މައުމޫނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވާތީ އެކަމުގެ އުފާފާޅުކުރުމުގެ ގޮތުން އެމްޑީޕީގެ ރޫހާނީ ލީޑަރު ކެނެރީގޭ މުހައްމަދު ނަޝީދު އެމްޑީޕީ މެންބަރުންނަށް ޚާއްސަ ފަރިއްކޮޅެއް ދެއްވާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރިއްކޮޅު ބާއްވަނީ ނަޝީދު މިވަގުތު ކޮލަމްބޯގައި ދިރިއުޅުއްވާ ގެކޮޅުގައެވެ.
އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޖަލަށް ހުކުމް ކުރި އިރު، އެމަނިކުފާނު ޖަލަށް ލެވުމުން އެމްޑީޕީ މެންބަރުން ދަނީ އުފާކުރަމުންނެވެ.
މައުމޫނުގެ މައްޗަށް ޖަލު ހުކުމް އައިސްފައި ވަނީ ނަޝީދު އާއި ދެބޭފުޅުން ވެގެން ރާއްޖެއަށް ބަޣާވާތެއް ގެންނަވަން އުޅުއްވުމުގެ ތެރޭގައި ކުރެއްވި ޢަމަލުތަކުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ