ވޯލްޑް ކަޕް 2018: ޖަރުމަނު ބަލިކޮށް މެކްސިކޯއިން ވޯލްޑް ކަޕް ފަށައިފި

ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް 0-1 ގެ ނަތީޖާއަކުން މެކްސިކޯއިން ވޯލްޑް ކަޕް 2018 ފަށައިފިއެވެ.
ޖަރުމަނާ ދެކޮޅަށް މެކްސިކޯއިން ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
މެކްސިކޯއިން ޖެހި ހަމައެކަނި ލަނޑު ޖެހީ، ޖަރުމަނުން ހަމަލާއެއް އުފައްދަން ބޯޅައެއް ތަނަވަސް ކުރަން ކުރިއަށް އަރާތިއްބައި، ޖަރުމަންގެ ކުޅުންތެރި އަތުން ބޯޅަ ހޯދައިގެން ތަނަވަސް ކުރި ފުރުސަތެއްގަ އެވެ.
މެޗުގެ 35 ވަނަ މިނެޓްގައި، މެކްސިކޯ ޖެހި ގޯލަކީ، ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތުގައި ހާވިއޭ ހެނާންޑޭޒް ބޯޅަ ތަނަަސް ކޮށްދިނުމުން، ލަޒާނޯގެ ސްޕީޑް ބޭނުން ކޮށްގެން ބޯޅައަށް އަރައި ޖަރުމަންގެ ގޯލްގެ ހަނި ފަޅިއަށް ފޮނުވާލި ބާރު ބޯޅައިން ކާމިޔާބު ކުރި ލަނޑެކެވެ.
އެ ބޯޅަ ސަލާމަތް ކުރުމަށް، ޖަރުމަންގެ ކީޕަރު މެނައުލް ނޯޔާ ޑައިވް ކުރި ނަމަވެސް އޭނާގެ އަތުގައި އެ ބޯޅަ ލައްވާލާ ގޮތެއް ނުވި އެވެ.
ލަނޑަށް ފަހު، ޖަރުމަނަށް ހިލޭޖެހުމަކުން، މެކްސިކޯގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ޓޯނީ ކްރޫޒް ފޮޖުވާލި ހިލޭ ޖެހުން މެކްސިކޯގެ ކީޕަރު ގެލާމޯ އޮޗާއާ ދިފާއު ކުރީ ގޯލްތެރެއަށް ވަދެވަދެ އޮއްވަ އެވެ.
ދެ ވަނަ ހާފުގައި، ޖަރުމަނުން، މެކްސިކޯގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުން ދިޔަ ނަމަވެސް، މެކްސިކޯއިން ދިޔައީ ޖަރުމަނުން އުފައްދާ ހަމަލާތަކުން ބްލޮކު ވާ ބޯޅަ ތަކުން ފުރުސަތު ތަަނަވަސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ