މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

ސްޓެލްކޯއިން މާލެއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަކަށް މައްސަލަ ދިމާވެފައި ވާތީ، މިއަދު މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޑްގެ ޚިދުމަށް މެދު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައި ވަނީ މައްސަލަ ދިމާވެފައި ވަނީ، މާލެއަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ މައި ޖަނަރޭޓަރުތަކުގެ ތެރެއިން، 8.9 މެގަވޮޓްގެ ޖަނަރޭޓަރަކަށް ކަމަށެވެ.
އަދި މައްސަލަ ހައްލު ކުރުމަށް ކުންފުނީގެ ޓެކްނީޝަނުން މަސައްކަތް ކުރަމުންދާ ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދޭ ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ