ކަނޑިތީމު ދާއިރާގެ މެންބަރު ގެއްލިއްޖެ! މެންބަރު ގެނެވޭތޯ އަމީން އާއްމު އެބަ މަސައްކަތް ކުރައްވާ: މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބުދުﷲ ޝަހީމް އަބުދުލް ހަކީމު ވުޖޫދަށް ގެނެވޭތޯ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މަސައްކަތް ކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް މެންބަރުންގެ ތެރެއިން ކަރަންޓީނުގައި ހުންނެވީ އެންމެ މެންބަރެއް ކަމަށާއި އެއީ ކަނޑިތީމު ދާއިރާގެ މެންބަރު ކަމަށެވެ. ނަމަވެސް ކަރަންޓީނުގައި އެ މެންބަރު ގެއްލިފައިވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އެހެން ވިދާޅުވީ، މެންބަރު ރަޖިސްޓްރީ ކުރި ފެސިލިޓީގައި އެ މެންބަރުގެ ނަން ނެތްކަން ފާހަގަ ކުރައްވައެވެ.
އެމަނިކުފާނު ވިދާޅުވީ، އެ މެންބަރު ދާއިރާއަށް ވަޑައިގެންނެވުމަށް ކަރަންޓީނުވެ ވަޑައިގެންނެވުމަށްފަހު، ލޮކްޑައުނަށް މިހާރު ދީފައިވާ ދޫތަކުގެ ސަބަބުން އެނބުރި މަޖިލީހަށް ވަޑައިގެންނެވުމަށް އެދިވަޑައިގެންނެވި ނަމަވެސް އެތަނުގައި ރެޖިސްޓްރީ ވެފައި ނެތުމުން މެންބަރު އެތަނުން ދޫކޮށްލެވެން ނެތް ކަމަށެވެ.
"ދޫދެއްވާތީއާ އެކީގައި އެނބުރި ވަޑައިގެންނެވުމަށް އެދިވަޑައިގެންނެވީ، އެހެން ނަމަވެސް ބެލިއިރު އޭނާ އެތަނުގައި ރެޖިސްޓްރީ ވެފައި ނެތުމުން މެންބަރު އެތަނުން ދޫކޮށްލެވޭކަށެއް ނެތް. ނެތް މީހަކު ދުލެއްވެސް ނުކުރެވޭނެތާ، ދެން އިރާދަ ކުރެއްވިއްޔާ އަމީންއާއްމު އެބަ ބައްލަވާ ކަނޑިތީމު ދާއިރާގެ މެންބަރު ވުޖޫދަށް ގެނެވޭތޯ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ