ކޯލިޝަންގެ މަންޒަރުތައް މިހާރު ފެންނަނީ އެންމެ ރަނގަޅަކަށްނޫން: ގާސިމް

ކޯލިޝަނުގެ ތެރެއިން ވަކިބަޔަކު ވަކި ގޮތްތަކެއް ބޭނުންވެ އެކަން އެގޮތަށް ކުރުމަަށް މަސައްކަތް ކުރަމުން ގެންދާކަން ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މާމިގިލީ ދާއިރާއަށް ވާދަކުރައްވާ ގާސިމް އިބްރާހިމް މާމިގިލީގައި ބޭއްވި އެމަނިކުފާނުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެކުގައި މަސައްކަތް ކުރި ބައެއް އަޚުން މިއަދު ހަތުރުންނަށް ވެފައި ވުމީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން އެކަން އޮތްއިރު އެމަނިކުފާނާއި ދިމާލަށް ކިތަންމެ އެއްޗެއް ކިޔައި ފުރައްސާރަ ކުރާ މީހުންވެސް އެބަ ތިބި ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް އެފަދަ އެއްވެސް ކަމަކަށް ނުބައްލަވާ ކަމަށާއި އެއްވެސް ބަޔަކު ކިޔާ އެއްޗަކަށް ރައްދު ނުދެެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ފާއިތުވެދިޔަ ތަނުގައި ކަންކަން ހިނގާފައިވާ ގޮތް ބަލައި އެކަންކަމުން އިބްރަތް ހާސިލް ކުރަންޖެހޭ ކަމަށެވެ.
ގާސިމް ވިދާޅުވީ ކޯލިޝަނަކުން ސަރުކާރަކާއި ހަމައަށް އާދެވުނުއިރު މިހާރު އެ ކޯލިޝަންގެ މަންޒަރުތައް ފެންނަމުން ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި،
ކޯލިޝަނުގެ ތެރެއިން ވަކިބަޔަކު ވަކި ގޮތްތަކެއް ބޭނުންވެ އެކަން އެގޮތަށް ކުރުމަަށް މަސައްކަތް ކުރަމުން ގެންދާކަން ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ