ޖޭޕީ ވެރިކަމަށް ގެންނަން އުޅޭ ތުހުމަތު، އިލްހާމް ނަޝީދު އަރިހަށް

އޭނާ މިއަދު ވިދާޅުވެފައި ވަނީ އަމިއްލަފުޅު ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ނުކުރައްވާ ޖުމްހޫރީ ޕާޓީއަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރުމަކީ ހެދޭ ގޯހެއް ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ނިކުންނަ ކެނޑިޑޭޓު ވެރިކަމަށް ގެންނަން ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ކުރަމުން ދަނިކޮށް އެ ޕާޓީގެ ލީޑަރު ގާސިމްގެ މަންދޫބުން ނަޝީދާއި ބައްދަލުކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕްރައިމަރީ އިން ބަލިވުމުން ނަޝީދު އެހެން ޕާޓީއަކަށް ވެރިކަން ހޯދައިދޭން އުޅޭ ކަމުގެ ތުހުމަތު ކުރެއްވީ ސަރުކާރަށް ތާއީދު ކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) އެވެ.އޭނާ މިއަދު ވިދާޅުވެފައި ވަނީ އަމިއްލަފުޅު ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ނުކުރައްވާ ޖުމްހޫރީ ޕާޓީއަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރުމަކީ ހެދޭ ގޯހެއް ކަމަށެވެ."އަޅުގަނޑުމެންގެ ރައީސަށް، އެމްޑީޕީގެ މެންބަރުންނަށް އެންމެ ރަނގަޅު ވާނީ އެމްޑީޕީގެ ކެނޑިޑޭޓާ އެކު އެމްޑީޕީއަށް ވެރިކަން ހޯދުމަށް ވުރެ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ނެރެގެން ޖުމްހޫރީ ޕާޓީއަށް ވެރިކަން ހޯދައިދިނުން ކަމަށް އެމްޑީޕީގެ މެންބަރުންނަށް ވިސްނައިދިނުން އެއީ މަޖިލީހުގައި ހިނގައިދިޔަ ކަމަށް ވުރެ ގޯސް ކަމެއް،" އަނދުން ހުސެއިން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމުން އެކަމަށް ވެސް އަނދުން ހުސެއިން ވަނީ ފާޑުވިދާޅުވެފަ އެވެ.އާންމު ގޮތެއްގައި ބަހުސްތަކުގައި މެމްބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވި ނަމަވެސް، މިއަދު ނަޝީދު އެ ތުހުމަތުތަކަށް މާބޮޑު ރައްދެއް ނުދެއްވަ އެވެ. ހަމައެކަނި ވިދާޅުވީ ސަރުކާރުގައި އޮތީ އެމްޑީޕީގެ 40 ޕަސެންޓް ހިއްސާ ކަމަށެވެ.
މަޖިލީހުގެ ތަޅުމުގައި އެކަން ހިނގި ފަހުން މިއަދު ވަނީ ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދާ ނަޝީދު ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މަޖިލީސް އިދާރާގަ އެވެ. މި ބައްދަލުވުމުގައި ނަޝީދު ފެކްޝަނުގެ އެމްޑީޕީ މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ބައްދަލުވުމުގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.މިދިޔަ ހުކުރު ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީ އިން ބޭއްވި ކޮންގްރެސް ފެށުމުގެ ޖަލްސާ އާއި ނިންމުމުގެ ޖަލްސާގައިވެސް ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެ ބައްދަލުވުމުގައި ގާސިމް ވަނީ ވަރަށް ބޮޑަށް ނަޝީދަށް ތައުރީފު ވެސް ކުރައްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ