ޖޭޕީ މެންބަރުން ވަކިކުރުމާ ދެކޮޅަށް ނަޝީދު؛ މަގުމައްޗަށް ނިކުންނަން ޖެހިދާނެ

"ޖޭޕީގެ ބޭފުޅުން ވަކި ކުރެވޭނީ އަޅުގަނޑުމެން ވެސް ފަހަނަޅައި ގޮސް. އަޅުގަނޑުމެން މަގުމައްޗަށް ނެރެން ސަރުކާރުން ބޭނުން ވަނީ ބާ"
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެންބަރުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ ވަރަށް ލަދުހަޔާތް ކުޑަކޮށް ކަންބަޅި ކަތިލާ އުސޫލުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވުމުން ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ދިފާއުގައި އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިކުންނަވައިފި އެވެ.
ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ދިފާއުގައި ނަޝީދު މިއަދު ވަނީ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މެސެެޖެއް ކުރައްވާފައެވެ. ނަޝީދުގެ އެ މެސެޖް އައީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެންބަރުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ ވަރަށް ލަދުހަޔާތް ކުޑަކޮށް ކަންބަޅި ކަތިލާ އުސޫލުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވި ހަބަރު މެންބަރަކު އެ ގުރޫޕްގައި ހިއްސާ ކުރުމުންނެވެ.ރާއީގެ އެ އިންޒާރާ ގުޅިގެން ގާސިމް ވަނީ އެ މަންޒަރު ބަލަން ނިކަމެތި ކަމާއެކު ތިއްބެވި ކަމަށް ވިދާޅުވެފައެވެ. ގާސިމް އެހެން ވިދާޅުވުމުން ނަޝީދު ވަނީ ޖުމްހޫރީ ޕާޓީއާ ގާސިމްގެ ދިފާއުގައި ހުންނެވިކަން ހާމަކޮށް މެސެޖެއް ކުރައްވާފައެވެ.ގާސިމްގެ ނަންފުޅު ވިދާޅުވުމަށް ފަހު ނަޝީދު ވަނީ އެ ބޭފުޅުންވެސް އުޅުއްވަނީ ރާއްޖޭގައި ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ މެންބަރުން ވަކި ކުރެވޭނީ އެ ބޭފުޅުން ފަހަނައަޅާ ދިއުމަށް ފަހު ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ވަނީ އެ ހާލަތަށް ކަންކަން ގެންގޮސް އެ ބޭފުޅުން މަގުމައްޗަށް ނެރެން ސަރުކާރުން ބޭނުން ވަނީތޯ ސުވާލު ކުރައްވާފައެވެ.އަދި އަނިޔާއެއް ލިބިދާނެ ކަމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަން ހާމަ ކުރެއްވުމުގެ ގޮތުން ޓީއާ ގޭހާއި އަނދަގޮޑިއާ ކުޑަގޮޅީގެ އަނިޔާ ލިބުނަސް އަދިވެސް އެކަންކަން ތަހަންމަލު ކުުރުމުގެ ހިތްވަރު އެބަހުރި ކަމަށް ވިދާޅުވިއެވެ."އޮނަރަބަލް ގާސިމް. އަޅުގަނޑުމެން ވެސް އުޅެނީ ހަމަ މި ރާއްޖޭގައި. ޖޭޕީގެ ބޭފުޅުން ވަކި ކުރެވޭނީ އަޅުގަނޑުމެން ވެސް ފަހަނަޅައި ގޮސް. އަޅުގަނޑުމެން މަގުމައްޗަށް ނެރެން ސަރުކާރުން ބޭނުން ވަނީ ބާ. ޓިއާ ގޭސް ވެސް ކުޑަގޮޅި އާއި އަނދަގޮނޑި ވެސް ވަރަށް ރަނގަޅަށް ދަންނަން. އަދިވެސް އޮވެވިދާނެ،"
ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެމްޑީޕީ އިސްވެ އުފައްދާ ކޯލިޝަނަށް ޖުމްހޫރީ ޕާޓީ ގުޅޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކޮށްގެން ތިއްބާ އެ ޕާޓީން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ނުހައްދަން ނިންމާ އެ ޕާޓީން ވަކިން ވާދަކުރަން ނިންމާފައެވެ.ޖުމްހޫރީ ޕާޓީގެ މި ނިންމުމާއެކު އެމްޑީޕީގެ ރައީސް ސޯލިހްގެ ފެކްޝަންގެ ބައެއް މެންބަރުން ދަނީ ރުޅިވެރިކަމާއެކު ޖޭޕީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑުވިދާޅުވަމުންނެވެ.މަޖިލީހުގައި މީގެ ކުރީންވެސް ވާދަވެރި ބޭފުޅުންނަށް އިޝާރާތް ކުރައްވާ ހުތުރު ބަހުން ވާހަކަ ދައްކަވާފައިވާ ރާއީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެންބަރުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ ވަރަށް ލަދުހަޔާތް ކުޑަކޮށް ކަންބަޅި ކަތިލާ އުސޫލުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވާނެ ކަމަށް އިންޒާރު ކުރައްވާފައެވެ."ވަރަށް ލަދުހަޔާތް ކުޑަކޮށް މިތަނަށް [މަޖިލީހަށް] ގެނެސްފައި ފަހަރަކު މީހަކު، ކަންބަޅި ކަތިލާ އުސޫލުން، އެ އުސޫލުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދޭށޭ މި ބުނަނީ،" ޖޭޕީގެ ނިންމުމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް ރުޅިވެރިކަމާއެކު ރާއީ ވިދާޅުވިއެވެ.މި ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ގިނަ މަގާމުތަކެއްގައި ބޭފުޅުން އެެބަތިއްބެވި އެވެ. ވަޒީރުންގެ މަޖިލީހުން އެ ޕާޓީއަށް ފަސް ގޮނޑި ދިން ނަމަވެސް މިހާރު ތިއްބެވީ ތިން ބޭފުޅުންނެވެ.
މި ބޭފުޅުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ރޭގެ ކައުންސިލް ބައްދަލްވުމުގައި މިނިސްޓަރު ނަހުލާ ބައިވެރިވެވަޑައިގެން ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކީން ވާދަކުރަން ތާއީދު ކުރައްވާ ވޯޓް ދެއްވިއެވެ. އިއްޔެ ކައުންސިލް ބައްދަލްވުމުގައި ޑރ. ހުސައިން ރަޝީދު ހަސަން، ގާސިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ހަމަޖައްސާފައިވެއެވެ.މައުސޫމް ހުންނެވީ ޖުމްހޫރީ ޕާޓީގެ މަސައްކަތްތަކާއި ވަރަށް ދުރުގައެވެ.ކުރީން ސައިންސް މިނިސްޓްރީން ހެލްތް މިނިސްޓްރީވެސް އޮތީ ޖުމްހޫރީ ޕާޓީއަށް ދީފައެވެ. ނަމަވެސް އެ ދެ މިނިސްޓްރީގައި ކުރީން ތިއްބެވި ވަޒީރުން ދުރުކޮށް ފަހުން އައްޔަން ކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ