އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދަކީ މުނާފިގެއް ކަމަށް ބުނެ މީހަކު ހަދާފައިވާ ވީޑިއޯއެއް މިނިސްޓާ އޮފް ސިޓީސް އާދަމް ޝަރީފްގެ ފޭސްބުކް ޕޭޖުން ޝެއާ ކުރެވިއްޖެ އެވެ.
މިނިސްޓަރު ޝަރީފުގެ ފޭސްބުކް ޕޭޖުން ޝެއާ ކުރެވުނު ވީޑިއޯގެ ސުރުހީގައި ބުނެފައި ވަނީ، "ރާއްޖެ ދުށް މުނާފިގު ޝެއިހުންގެ ތެރޭ އަރާ ހުރި މީހެއް ޝަހީމްއަކީ"، މިހެންނެވެ. މިނިސްޓަރަށް އަދަދު އިން ގުޅުމުން ވިދާޅުވީ، އެ ވީޑިއޯ ޝެއާ ކުރީ އޭނާ ނޫން ކަމަށާއި ކަން ހިނގި ގޮތް ބަލަމުންދާ ކަމަށެވެ.
"އަޅުގަނޑު އެބަ ޓްރައި ކުރަން އެއީ ކިހިނެއް ހިނގި ކަމެއްތޯ ބަލަން. އަޅުގަނޑުގެ ފޭސްބުކް ޕޭޖް ހަމަ އެއީ. އެހެންވެ މި ބަލަނީ [އެއީ ކިހިނެއް ހިނގި ކަމެއްތޯ]،" ޝަރީފް ވިދާޅުވި އެވެ.
އެެ ވީޑިއޯ ޝެއާ ކުރެވިފައި ވަނީ ފޭސްބުކް ޕޭޖު ހެކުކޮށްގެންތޯ މި ނޫހުން ސުވާލު ކުރުމުން އާދަމް ޝަރީފް ވިދާޅުވީ، ޕޭޖު ހެކުވެފައިވޭތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.
ޝެއިހް ޝަހީމަކީ ދިވެހިރާއްޖޭގެ ދެ ވަނަ އިސްލާމިކް މިނިސްޓަރެވެ. އަދި އޭނާއަކީ، އިސްލާމް ދީން ކުރިއެރުވުމުގެ މަގްސަދުގައި އުފެއްދި އާދަލަތު ޕާޓީގެ ފައުންޑާ މެންބަރެކެވެ. ކިޔަވާވިދާޅުވީ ސައުދީ އަރަބިއްޔާގެ މަދީނާ އަދި މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީއިންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޝަހީމް ހުންނެވި އެވެ.
ޝަހީމް އެންމެ ފުރަތަމަ ރާއްޖޭގައި މަޝްހޫރުވެގެންދިޔައީ ވަރަށް ރީތިކޮށް ގުރްއާން ކިޔަވާ ބޭފުޅެއްގެ ގޮތުގައި އަދި މޮޅު ވާހަކަ ދެއްކުންތެރިއެއްގެ ގޮތުގަ އެވެ.
ޝަހީމަކީ މުނާފިގެއް ކަމަށް ބުނާ ވީޑިއޯއެއް މިނިސްޓަރު އާދަމް ޝަރީފްގެ ފޭސްބުކް ޕޭޖުން ޝެއާ ކުރެވިއްޖެ ޝަހީމަކީ މުނާފިގެއް ކަމަށް ބުނާ ވީޑިއޯއެއް މިނިސްޓަރު އާދަމް ޝަރީފްގެ ފޭސްބުކް ޕޭޖުން ޝެއާ ކުރެވިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ