ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް މޯހަން
ތަޖުރިބާކާރު ފުޓުބޯޅަ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމަށް ހަމަޖައްސައިފިއެވެ.ގައުމީ ޓީމުގެ ކޯޗަކަށް މޯހަން ހަމަ ޖެއްސީ އެފްއޭއެމްގެ އެކްސްކޯއިން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. މޯހަން ހަމަ ޖެއްސީ ކުރިއަށް އޮތް ދެ މެޗަށެެވެ. އެއީ އަންނަ މަހު ލަންކާގައި އެ ގައުމާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗެވެ. އެންމެ ފަހުން ގައުމީ ކޯޗަކަށް ހުރީ އަލީ ސުޒެއިން އެވެ.އޭއެފްސީ ޕްރޯ ލައިސެންސް ހާސިލުކޮށްފައިވާ މޯހަން، އެންމެ ފަހުން މަސައްކަތް ކުރީ ކްލަބް އީގަލްސްގަ އެވެ.ސާފް ޗެމްޕިއަންޝިޕް 2008 ގެ މުބާރާތް ރާއްޖޭން ކާމިޔާބު ކުރި އިރު ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރި އެއް ކޯޗަކީ މޯހަން އެވެ.މިއަދުގެ އެކްސްކޯގެ ބައްދަލުވުމުގައި 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ކުރީގެ ގައުމީ ޓީމުގެ ދިފާއީ ކުޅުންތެރިޔާ އަދި ފަހުން ކޯޗެއްގެ ގޮތުން މަސައްކަތްކުރަމުން އަންނަ މުހައްމަދު ސޮބާހު ވެސް ހަމަޖެއްސި އެވެ.މޯހަން މި މަގާމަށް އައްޔަން ކުރެވިފައިވަނީ، މިދިޔަ ޖޫން މަހު ޓިމޯރް-ލެސްޓޭ އާ ދެކޮޅަށް ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗަށް ފަހު މަގާމުން ވަކިވި އަލީ ސުޒޭންގެ ބަދަލުގަ އެވެ. ސުޒޭން މިހާރު ހުންނަނީ އެފްއޭއެމްގެ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ