ޓިމް ޑޭވިޑަށް އޮސްޓްރޭލިއާ ކްރިކެޓްގެ އެންމެ އަވަސް ސެންޗަރީގެ ރެކޯޑް ޓިމް ޑޭވިޑަށް އޮސްޓްރޭލިއާ ކްރިކެޓްގެ އެންމެ އަވަސް ސެންޗަރީގެ ރެކޯޑް

ބަސެއްޓޭރޭ، ސެއިން ކިޓްސް (ޖުލައި 29) - އޮސްޓްރޭލިއާގެ ހުނަރުވެރި ބެޓްސްމަން، ޓިމް ޑޭވިޑް، އެ ގައުމުގެ ޓީ20 ކްރިކެޓްގައި، އެންމެ އަވަސް ސެންޗަރީ (100 ލަނޑު) ހަމަކުރުމުގެ ރެކޯޑް ހަދައިފި އެވެ.
ވެސްޓް އިންޑީސްއާ ދެކޮޅަށް ކުޅޭ ފަސް މެޗު ސީރީސްގެ ތިން ވަނަ މެޗުން އޮސްޓްރޭލިއާ އިން ހަ ވިކެޓުން މޮޅުވިއިރު، މި މެޗު ހާއްސަވީ ޓިމް ޑޭވިޑް އަށެވެ.
ޓިމް ޑޭވިޑް ވަނީ މި މެޗުގައި، ނުބައިނުވެ، 37 ބޯޅައިން 102 ލަނޑު ހަދައިފަ އެެވެ. ލަނޑުތަކުގެ ތަފްސީލަށް ބަލާއިރު، 11 ފަހަރު ހަޔަކަށް ޖެހިއިރު، ހަ ފަހަރު ހަތަރަކަށް ޖަހާފައިވެ އެވެ.
މީގެ ކުރިން، އޮސްޓްރޭލިއާގެ ކްރިކެޓްގައި، ޓީ20 މެޗެއްގައި އެންމެ އަވަސް ސެންޗަރީ ހަދާފައިވަނީ، ޖޯޝް އިންގްލިޝް އެވެ. އެއީ މިދިޔަ އަހަރު އެެވެ. ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި، އިންގްލިޝް ސައްތައެއް ހަމަކުރީ، 42 ބޯޅައިންނެވެ.
ރޯޔަލް ޗެލެންޖާސް ބެންގަލޫރުއާ އެކު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކާމިޔާބުކުރި، ޓިމް ޑޭވިޑަށް މިއީ ރަނގަޅު އަހަރެކެވެ. މީގެ ކުރިން، ސިންގަޕޫރުގެ ގައުމީ ޓީމަށް ކުޅުނު ޓިމް ޑޭވިޑް، އޮސްޓްރޭލިއާ ޓީމަށް ކުޅެން ފެށީ މީގެ ތިން އަހަރު ކުރިން، 2022 ވަނަ އަހަރު އެވެ.
ރެކޯޑް ހެދުމާ ބެހޭގޮތުން، ޓިމް ޑޭވިޑް ބުނީ، ވިސްނުން ހުރީ މެޗުން ޓީމު މޮޅުވެ، އޭނާގެ ކޮންފިޑެންސް ރަނގަޅުކުރެވޭ ވަރުގެ ކުޅުމެއް ދެއްކުން .ކަމަށެވެ. އަދި، ރެކޯޑް ހެދުނުކަން އެނގުމުން ކުރެވެނީ އުފާވެރި އިހުސާސެއް ކަމަށާއި އަދިވެސް ކެރިއަރުގައި ޓީމުގައި ހުރެގެން އިތުރުކުރިއެރުމާއި ކާމިޔާބު ހޯދަން ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ