އުރީދޫއިން ކޮންމެ ދެ މަހަކުން އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) އެއް ދޭ ޕްރޮމޯޝަނުގެ ދެވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ.
މި ޕްރޮމޯޝަނުގެ ދެ ވަނަ ނަސީބުވެރިއަކަށް ހޮވުނީ ވަރުދާ އަހުމަދެވެ. އޭނާއަށް ލިބުނު އޭޓީވީ އުރީދޫން މިހާރު ވަނީ އޭނާއާ ހަވާލުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި އެ ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އެ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިދިޔަ މަހު ވަނީ ހޮވައިފަ އެވެ. އުރީދޫން ބުނީ އެ ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކުރުމަށް ފަހު، ޕްރޮމޯޝަނަށް ލިބެމުންދާ ތަރުހީބު އިތުރުވެފައިވާ ކަމަށެވެ. އަދި އެ ޕްރޮމޯޝަނުގައި ދޭ އޭޓީވީއަކީ ރަށްފުށުގެ ދިރިއުޅުމާ ގުޅޭ، ރަށްރަށުގައި ފަސޭހައިން ބޭނުންކުރެވޭނެ އުޅަނދެއް ކަމަށް ބުންޏެވެ.
އެ ޕްރޮމޯޝަންގައި އުރީދޫގެ މޮބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް) އާއި ސުޕަނެޓާއި ފަސޭހަ ނުވަތަ 5ޖީ އެއާފައިބާ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. އެ ގުރުއަތުގައި ބައިވެރިކުރާނީ ކޮންމެ ގުރުއަތެއް ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތްތައް ބޭނުން ކުރުމަށް 400ރ. ހަރަދުކުރާ ކަސްޓަމަރުންނެވެ. އަދި އެ ކަސްޓަމަރަކީ ގުރުއަތު ނަގާ ތާރީހާ ހަމައަށް އެކްޓިވް ކަސްޓަމަރަކަށް ވާން ޖެހޭނެ އެވެ.
އެ ޕްރޮމޯޝަނުގައި އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
އުރީދޫން ކޮންމެ ދެ މަހަކުން އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނެ އެވެ. މި ޕްރޮމޯޝަނުގައި ބާކީ ހަތަރު ގުރުއަތުލުން ކުރިއަށް ދާނެ އެވެ.
އުރީދޫން ދޭ ދެވަނަ އޭޓީވީގެ ނަސީބުވެރިޔާ ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ