ޑިޕާޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން މިހާރު ލޭޒަރ ބޭނުންކޮށްގެން ހަތަރު ބާވަތެއްގެ އޮޕަރޭޝަނެއް ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ފައިގެ ލޭނާރު ދުޅަވުމަށް ކުރާ އޮޕަރޭޝަން
2- ފުރަގަސްފަރާތުގެ ބަލި ނުވަތަ ޕައިލްސްއަށް ކުރާ އޮޕަރޭޝަން
3- ފިސްޓޫލާއަށް ކުރާ އޮޕަރޭޝަން
4- ޕައިލޯނީޑަލް ސައިނަސްއަށް ކުރާ އޮޕަރޭޝަން
ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސާޖަރީ އޯޕީޑީއަށް ދައްކާ ގިނަ ބަލިމީހުންނަކީ މިފަދަ ފަރުވާތަކަށް ބޭނުންވެފައިވާ މީހުންނެވެ. ކުރިން ކުރަމުން އައި އޮޕަރޭޝަންތަކާ ޚިލާފަށް ލޭޒަރ ސާޖަރީގެ ސަބަބުން:
- ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕަރޭޝަންކޮށް ބަލި ރަނގަޅު ކުރެވޭނެއެވެ.
- ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ބާއްވަންޖެހޭ މުއްދަތު ކުޑަވާނެއެވެ.
- އޮޕަރޭޝަނަށްފަހު ވާ ތަދު ކުޑަވެ، އަވަހަށް ބަލިމީހާ ފަސޭހަވާނެއެވެ.
- އިންފެކްޝަންވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
އައިޖީއެމްއެޗުން ވަނީ މިފަދަ ޒަމާނީ ވަސީލަތްތައް ރާއްޖެއަށް ތައާރަފްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކޮށް، އެމަނިކުފާނަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެނިހެން ދާއިރާތަކުންވެސް ލޭޒަރ ޓެކްނޮލޮޖީގެ ޚިދުމަތް ފުޅާކުރުމަކީ އެ ހޮސްޕިޓަލުގެ އަމާޒެކެވެ.
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުން ލޭޒަރ ސާޖަރީގެ ޚިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ