މިދިޔަ ހަ މަހުން ނައިބު ރައީސަށް ތިން ލައްކަ ރުފިޔާގެ އާމްދަނީއެއް
މިދިޔަ ހަ މަހުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް އެ މަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ. މިއަދު ރައީސް އޮފީހުން އާއްމުކުރި ނައިބު ރައީސްގެ މާލީ ބަޔާނުން އެނގޭ ގޮތުގައި، މިދިޔަ ހަ މަހުން 314،664.07 ރުފިޔާ އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. މިއަދާ ހަމައަށް ނައިބު ރައީސްގެ ބީއެމްއެލް ރުފިޔާ އެކައުންޓުގައި 8،390 ރުފިޔާ އެބަހުއްޓެވެ. ނަމަވެސް، އެމަނިކުފާނުގެ ޑޮލަރު އެކައުންޓުގައި މިއަދާ ހަމައަށް އިނީ، މައިނަސް 61 ޑޮލަރެވެ. އޭގެއިތުރަށް، ނައިބު ރައީސްގެ އިސްލާމިކް ބޭންކް ރުފިޔާ އެކައުންޓުގައި 39 ރުފިޔާ ހުރިއިރު، އެ ބެންކުގެ ޑޮލަރު އެކައުންޓުގައި 397 ޑޮލަރު އެބަ އިނެވެ. ފާހަގަކުރެވޭ ގޮތުގައި، ނައިބު ރައީސްގެ އިތުރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިއަދު މާލީ ބަޔާން ހާމަކުރައްވާފައެވެ. މިގޮތުން، ރައީސަށް މިދިޔަ ހަ މަހުން ވަނީ، ތިން ލައްކަ ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފައެވެ. އަދި، އެ މަނިކުފާނު މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް ލޯނުގެ ގޮތުގައި، 1.3 މިލިއަން ރުފިޔާ ބާކީ ދައްކަން އެބަ އޮތް ކަމަށް މާލީ ބަޔާނުގައި ބުނެފައިވެއެވެ. https://sun.mv/222165 މިއީ، ރައީސާއި ނައިބު ރައީސް މި ސަރުކާރާއި ހަވާލުވި ފަހުން، މާލީ ބަޔާން ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ