މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާފިލާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗުތަކުގެ ތެރެއިން އެއް ލޯންޗު ހުޅުމާލެއާ ހިސާބަށް ފޯރުނު ތަނާހެންނެވެ. އެ ލޯންޗު ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާން ފެށުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލޯންޗުގައި ތިބި ހުރިހާ ކުދިން ވަނީ ކަނޑަށް ބާލާފައެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކަނޑަށް ބޭލި ކުދިން މިހާރު އެހެން ލޯންޗުތަކަށް ނަގައި، އެ ކުދިން މާލެއަށް ގެނައުމުގެ މަސައްކަތް ކޯސްޓްގާޑުން މިހާރު ކުރަމުންދާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކަނޑަށް ބޭލުވި ހުރިހާ ކުދިންވެސް ތިބީ ލައިފްޖެކެޓް އަޅުވާފައެވެ. އަދި މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ނޭޝަނަލް ސަރވިސްގެ ކުދިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ދިޔަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ