ފާޑުކިޔާނެ، އެކަމަކު ޕޯޗުގަލް އަށް ޕްރެޝަރެއް ނެތް: ކޯޗު

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އުޒުބަކިސްތާނާ ދެކޮޅަށް ނުކުންނައިރު ޕޯޗުގަލް ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.
އޭނާ މިހެން ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ކޮންގޯއާ ވާދަކޮށް އެއްވަރުވުމުން ފާޑުކިއުން އަމާޒުވެފައިވާތީ އެވެ.
"ގޯސް ނަތީޖާއެއް ނުކުތީމަ ފާޑުކިޔާނެ. އެކަމަކު އެއީ އަހަރުމެން މި މެޗަށް ތައްޔާރުވުމުގެ ބައެއް ނޫން. އަހަރުމެންނަށް ޕްރެޝަރެއް ނެތް،" ކޯޗު ބުންޏެވެ.
އޭނާ ވަނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ދިފާއު ކޮށްފަ އެވެ. ދުނިޔޭގެ ބައެއް ލެޖެންޑުންނާއި ޕޯޗުގަލްގެ ނޫސްވެރިން ވަނީ ކޮންގޯ އަތުން ޕޯޗުގަލް މޮޅުނުވި އެއް ސަބަބަކީ ރޮނާލްޑޯ ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.
"އޭނާ އަކީ ވަރަށް ދިގު މުއްދަތެއްގައި ގައުމު ދިފާއު ކޮށްދިން ކުޅުންތެރިއެއް. ފުޓްބޯޅައިގެ ބައެއް ގޯލު ޖެހުމާއި ނުޖެހުމަކީ ވެސް. ރޮނާލްޑޯ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް އަހަރުމެން ނަތީޖާ ނެރެން ކުޅޭއިރު. އޭނާ އަކީ ގޯލު ޖަހާނެކަން އޭނާ ޓީމު މޮޅުކޮށްދޭނެކަން ޕްރޫވް ކޮށްދީފައިވާ މީހެއް،" ކޯޗު ބުންޏެވެ.
މުޅިން އަލަށް ވޯލްޑް ކަޕުގައި ވާދަ ކުރާ އުޒުބަކިސްތާން އަތުން މޮޅުނުވެވިއްޖެނަމަ ދެ ވަނަ ބުރަށްދާން ޕޯޗުގަލް އަށް ފަހު މެޗަށް އިންތިޒާރު ކުރަން ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ