އަމާން ދޯދި ފްލެޓަކުން ވެއްޓުނު 16 އަހަރުގެ ކުއްޖަކު ވެންޓިލޭޓަރުގައި

ހުޅުމާލެ 2 ގައި އަލަށް މީހުން އުޅެންފެށި އަމާން ދޯދި ފްލެޓަކުން ރޭ ވެއްޓުނު 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އަމާން ދޯދި ފަސް ވަނަ ފްލެޓްގެ ދެ ވަނަ ފްލޯއިން ވެއްޓުނީ ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނި ގޮތުގައި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 11:15 ހާއިރު އެވެ.
އެ ކުއްޖާއަށް  ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. ނަމަވެސް އިތުރު ފަރުވާއަށް ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކުރީ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ މިކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ