ހުޅުމާލެ ފޭސް 2 ގެ އިމާރާތަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި، މި ހާދިސާގައި ވެއްޓިފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެގޮތުން، އެ ކުއްޖާ ވެއްޓުނީ ފޭސް 2
ގައި ހުންނަ އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، މި ހާދިސާ ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 23:14 ހާއިރުކަމަށާއި އެ ކުއްޖާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އެ ކުއްޖާގެ ހާލަތާގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައިނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ފޭސް ދޭއްގެ އިމާރާތަކުން ވެއްޓުނު ކުއްޖަކަށް ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ