ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން
އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް
ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، މި އަހަރުގެ ފޯމިއުލާ
1 ސިންގަޕޫރު އެއާލައިންސް، ސިންގަޕޫރު ގްރޭންޑް ޕްރީ ބަލައިލުމުގެ ފުރުސަތު ލިބޭ ހާއްސަ
ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މި މަހު، ބީއެމްއެލް
އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އެމެރިކަން އެކްސްޕްރެސް
އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ނަސީބުވެރި
ފަރާތަކަށް، އިތުރު މީހަކާ އެކު މި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ފޯމިއުލާ
1 ސިންގަޕޯ އެއާލައިންސް ސިންގަޕޯ ގްރޭންޑް ޕްރީ 2026 ގެ ތިން ދުވަހުގެ
އެކްސެސްއާ އެކު އެމެކްސް ސްކައި ސޫޓް ދެ ޓިކެޓާއި ދެ މީހުންގެ ސިންގަޕޫރުގެ ދެ ކޮޅު ޓިކެޓާއި ހޮޓެލް އެކޮމަޑޭޝަން ލިބޭނެ އެވެ.
މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް
ހާއްސަ ލައިފްސްޓައިލް މަންފާތަކާއި، އަގުހުރި ތަޖުރިބާތަކުގެ އިތުރުން މަދުން ނޫނީ
ނުލިބޭނެ ފަދަ ތަފާތު ފުރުސަތުތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ
މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އެބެންކުން ބުންޏެވެ.
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލަން ދެ މީހަކަށް ފުރުސަތު ލިބޭ ޕްރޮމޯޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ