އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުން ބަލިވިކަން ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
މީކާއީލް އެކްސް ގައި ވިދާޅުވީ ނަޝީދަށް ފޯނުން ގުޅުއްވައި އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދަންނަވާފައިވާ ކަމަށާއ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތް ކުރާނެ ކަމަށެވެ.
"އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނަު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން. އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވާ 2028 މި ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރާނަން. ޕާޓީގެ އާންމު މެންބަރުންނާއި އެކު ދެމިހުންނާނަން،" އޭނާ ވިދާޅުވި އެވެ.
މިހާތަނަށް 130 ފޮށީގެ ނަތީޖާ ލިބިފައިވާއިރު ނަޝީދަށް 8,661 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. މީކާއީލްއަށް އަދި ލިބިވަޑައިގަތީ 4,158 ވޯޓެވެ. އެހެންކަމުން މިހާރު ވެސް 4,503 ވޯޓު ކުރިން އުޅެނީ ނަޝީދެވެ. މި އިންތިހާބުގައި ބެހެއްޓީ 241 ވޯޓު ފޮށްޓެވެ.
މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 50،176 މީހުންނަށް ލިބެ އެވެ. އޭގެ ތެރެއިން ވޯޓުލުމަށް ނުކުމެފައިވަނީ ކިހާ އަދަދެއް ކަމެއް ނޭނގެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ އެ ޕާޓީގެ އެންމެ ބާރުގަދަ މަގާމެވެ. މީގެކުރިން ވެސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ.
މީކާއީލް ބަލި ގަބޫލުކުރައްވައި، ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ