އެމްޑީީޕީއަކީ އަބަދުވެސް ވައްްކަމަށް މޮޅު ޕާޓީއެއް، ނަމަވެސް ވައްކަންތައް ހޯދާ ފިޔަވަޅު އަޅާނަން: ފަލާހު

އެމްޑީީޕީއަކީ އަބަދުވެސް ވައްްކަމަށް މޮޅު ޕާޓީއެއްކަމަށާއި، އެކަންކަން ހޯދުމަކީ ދަތިކަމެއް ކަމަށާއި ނަމަވެސް، އެކްކަން ހޯދައި ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ އަނގާރަ ދުވަހުގެ މަޖިލީސް ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ. ޓްރޭޑް މާކް ބިލަށް ބަހުސް ކުރައްވާ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެފައިވަނިކޮށް، މިހާ ހިސާބަށް ގެނައީތީ ސަރުކާރަށާއި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ޝުކުރު ހައްގުކަމަށެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، ދައުލަތުގެ ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އިދިކޮޅު އެމްޑީޕީއަށްކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ޑޮލަރު ރޭޓު މައްޗަށްދާކަމަށް ބުނެ އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދުދެއްވާ ފަލާހު ވިދާޅުވީ، ޑޯލަރު ރޭޓު ހުރި ވަރާއި، އަރައިގެން ދިޔަ ވަރުގެ އިތުރުން މިހާރު ގެނެސްފައިވާ ބަދަލުތައްވެސް އެމްޑީޕީއިން ރަނގަޅަށް ދަންނާނެކަމަށެވެ.
އެ ވަގުތު މި ދައުލަތް އެ ބޭފުޅުންގެ ސަރުކާރުގެ އޮތީ ކޮން ހާަލަތެއްގައިތޯ އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް، ޑޮލަރު ރޭޓްވެސް ހުރިއިރު އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށް.
ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީއިން އެތަކެއް ވައްކަމުގެ އަމަލުތަކެއް ހިންގާފައިވާކަމަށް ފާހަކޮށް ފަލާހު ވިދާޅުވީ ބައެއް ތަންތަނުން ތިޖޫރިތައް ގެއްލުނު އިރު، އެ ތިޖޫރީތައް ލީ ތަންތަންވެސް އެނގިވަޑައިގަންނަވާނީ އެމްޑީޕީގެ ބޭފުޅުންނަށްކަމަށް ފަލާހު ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް ހުރިކަމަށް ވިދާޅުވުމުން މައްސަލަތައް ނުބަލަނީ ކީއްވެގެންތޯ ބުނެ އުފައްދާ ސުވާލަށް ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވީ، ގާނޫނުތައް ހުރީ ފުރިހަމައަށް ނޫންކަމަށެވެ. ވައްކަން ކުރަން މޮޅު ބަޔަކު، ކުރި ވައްކަން ހޯދަން ފަސޭހަ ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ރައްކާތެރި ބަދަލުތަކެއް ގާނޫނުތަކަށް ގެނެވިގެން ނޫނީ، އަދި ރައްކާތެރި ނިޒާމުތަކެއް ބައްޓަން ކޮށްގެން ނޫނީ އެކަންކަން ނުހޯދޭނެކަމަށް ފަލާހު ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރުން އެކަންކަން ހޯދާ، އިންސާފު ގާއިމްކުރާނެކަމަށް ފަލާހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ