މީކާއީލް، ނަޝީދަށް: މަގާމުތައް ބައްސަވައިގެން ޗެއާޕާސަންކަމަށް ވާދަކުރެއްވުމުން، 2028އަށް ޕާޓީ ރުޅިދާނެ
އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާއިރު، މަގާމުތައް ބަހައިގެން ނުވަތަ ކަނޑައަޅައިގެން ނިކުތުމުން ޕާޓީގެ އެއްބައިވަންތަކަން ގެއްލި، 2028ގެ ރިޔާސީ އިންތިޚާބަށް ޕާޓީ ރޫޅުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކައިލް އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މީކައިލްގެ 'އިތުބާރު' ކެމްޕެއިން ނިންމާ ޖަލްސާ މިރޭ ވަނީ ބާއްވާފައެވެ. އެ ޖަލްސާގައި މީކާއިލް ވިދާޅުވީ، ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލީ 2028އާ ހަމައަށް އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދަމަހައްޓަން ކަމަށެވެ. އެ ކަން ކުރެވޭނީ، އެމްޑީޕީގެ 'ސިޔާސީ ކުޅިބައި' އެތުރިފައިވާ ގޮތުގެ ހަގީގަތް ހެޔޮ ހިތުން ގަބޫލުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. މިރޭގެ ޖަލްސާގައި މީކާއިލް ވާހަކަދައްކަވަނީ ---- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ އެގޮތުން، ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ޓިކެޓަށް ޝައުގުވެރިވާ ގާތްގަނޑަކަށް ފަސް ބޭފުޅުން ތިބި ކަމަށާއި އެ ބޭފުޅުންގެ ފަހަތުގައި އެމްޑީޕީގެ އެތައް އާންމުނެއް ތިބުމަކީ މިއަދުގެ ހަގީގަތްކަން މީކާއިލް ފާހަގަކުރެއްވިއެވެ. އެ ފަދައިން ވިދާޅުވެ، މީކާއިލް ވަނީ އޭނާގެ ވާދަވެރި ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ރައްދެއް ދެއްވާފައެވެ. "އަޅުގަނޑުމެން ކުރިއަށްދާން ބޭނުންނަމަ، އަޅުގަނޑު ހިތަށް އަރަނީ އެމްޑީޕީގެ ޗެއާޕާސަނަކަށް ފަރުދަކު ނިކުންނައިރު، އޭނާއަކީ ރައީސް، ތިމަންނާއަކީ ބޮޑުވަޒީރޭ ބުނެ މަގާމު ބަހާ ނިކުތީމާ އެ އެއްބައިވަންތަކަން މި ޕާޓީގައި ހިފެހެއްޓޭބާއޭ. ނޫން ނުހިއްފެއްޓޭ،" އޭނާ ވިދާޅުވިއެވެ. "އެ ބީދައިން އަމަލުކުރުމުން އަނެއްކާވެސް 2028އާ ހަމައަށް އަޅުގަނޑުމެން ދާއިރު މި ޕާޓީގެ ސަފުތައް ރޫޅުމުގެ ފުރުސަތު އެބަ އޮތް." އިތުބާރު ކެމްޕެއިން ނިންމަވާ ލެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި މީކާއިލާއި މޭޔަރު އާދަމް އާޒިމް --- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ މި އިންތިޚާބުގައި އެކުގައި ނެތް ބޭފުޅުން ވެސް ބާކީނުކުރައްވާނެކަން މީކާއިލް ވަނީ ހާމަކުރައްވާފައެވެ. އަދި، އޭނާ ވަނީ، ރިޔާސީ އިންތިޚާބާ ހަމައަށްދާއިރު ޕާޓީގެ ސަފުތައް އެކުވެރި ކުރައްވާނެ ކަމަށް ވިދާޅުވެ، ޗެއާޕާސަން ކަމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. https://sun.mv/220834 މީކާއިލް އެ އިޝާރަތްކުރެއްވީ، ނަޝީދު ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރެއްވިއިރު، ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެރިކަމަށް ގެންނަން ތާއީދުކުރައްވާފައިވާ ވާހަކައަށެވެ. މިދިޔަ އޭޕްރީލް 19ގައި އެ ދެ ބޭފުޅުން ވަނީ، "ބޮޑު ބަދަލެއް"ގެ ނަމުގައި، ގާނޫނުއަސާސީއަށާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ފެނިވަޑައިގަންނަވާ ބޮޑެތި ބަދަލުތަކެއް ހުށަހަޅުއްވައިފައެވެ. އެގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމަށް ދެ ބޭފުޅުން ހުށަހެޅުއްވިއެވެ. https://sun.mv/220912 އެ ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައި ވަނީ، ފައްޔާޒަށް ސަރުކާރުގެ އެންމެ އިސް ވެރިޔާކަން ނުވަތަ ރައީސުލްޖުމްހޫރިއްޔާކަން ދެއްވުމަށެވެ. އަދި ނަޝީދަށް ދައުލަތުގެ އެންމެ އިސްވެރިޔާކަން ނުވަތަ ބޮޑުވަޒީރުކަން ފަދަ މަގާމެއް ދެއްވުމެވެ. ޗެއާޕާސަން އިންތިޚާބުގައި ނަޝީދާއި ފައްޔާޒު އެކުގައި އުޅުއްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތާއިދުކުރައްވަނީ މީކާއިލަށެވެ. އަންނަ ހުކުރު ދުވަހު ޗެއާޕާސަން އިންތިޚާބު އޮތްއިރު، ކެމްޕެއިންގެ ތެރެއިން ހޫނު ރައްދުތައް އަންނަނީ ދެ ފަރާތުން ރައްދުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ