ދީނުގައި އޮތްގޮތަށްބަލާއިރު ނަބީޙަތްދޭ މީހާ އެކަމަކަށް ޢަމަލުކުރަންނުޖެހޭނެ އެއްވެސް ކަމެއް ނެތެވެ. އެއީ ދީނީޢިލްމުވެރިއަކު ނަމަވެސް ރަސްގެފާނު ނަމަވެސްމެއެވެ. ނުވަތަ އެނޫން މީހަކުނަމަވެސްމެއެވެ.
"ކުދިންނަށް ދެވޭ ނަޞޭޙަތާއި އެއްގޮތަށް މުޖުތަމައު އާއި ބެލެނިވެރިންގެ ޢަމަލުތައް ކުދިންނަށް ދައްކައި ނުދެވޭނަމަ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އަދި ކުދިންނަށް ހަމަ އެކަނި ނަޞޭޙަތް ދީގެން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. ދެވޭ ނަޞޭޙަތާއި އެއްގޮތަށް ޢަމަލުކުރެވެމުންދާތަން މައިންބަފައިންގެ ކިބައިންނާއި މުޖުތަމައު ތެރެއިން ކުދިންނަށް ފެންނަން ޖެހޭނެއެވެ.
ކުދިން ތަރުބިއްޔަތު ކުރުމުގެ މަސައްކަތަކީ އެންމެ ކުޑައިރުންސުރެ ފެށިގެން ކުރަންޖެހޭނެ މަސައްކަތެކެވެ. ކުޑައިރުން ސުރެ މަސައްކަތްކޮށްގެން މެނުވީ އެކަމުން ޙާޞިލުކުރަން ބޭނުންވާ ނަތީޖާ ޙާޞިލެއް ނުކުރެވޭނެއެވެ."
މިޘާލަކަށް ދަރިން ގާތު އަވަހަށް ނިދަން ބުނެފައި ނިންދަވާފައި މައިންބަފައިން ފޯނާކުޅެން ނުވަތަ ޓީވީބަލަން ތިބޭތަން އެކުދިންނަށް އެބަފެނެއެވެ. ބަސްއަހައިގެން ނިދާފަހުން ހޭލެވިގެން ބަލައިލާއިރު މައިންބަފައިން ކޮޓަރިއަކު ނުތިބެއެވެ. ބޭރަށް ނުކުންނައިރު މައިންބަފައިން ތިބެނީ ކޮންމެވެސް ބޭކާރުކަމެއް ކުރަން ހޭލައެވެ. މިދައްކަނީ ދަންވަރު 1،2 ޖަހާއިރުގެ ވާހަކައެވެ. އެއީ މައިންބަފައިންވެސް ނިދަންޖެހޭ ގަދީކަން މިއަދުގެ ކުށަކުދިންނަށްވެސް އެނގޭނެއެވެ.
ދެވަނަ ކަމަކަށް ދަރިންގާތު ނަމާދުކުރަން ބުނެފައި މައިންބަފައިން ނަމާދުނުކުރާ މައްސަލަވެސް ފާހަގަކުރަންޖެހެއެވެ. ދަރިންގާތު ނަމާދުކުރަން ބުނުމުން ނަމާދުކޮށް ނިމިގެން ނުވަތަ މިސްކިތަށް ގޮސްފައި އަންނައިރު މައިންބަފައިން ނަމާދުނުކޮށް އެހެންކަމެއްގައި އުޅޭތަން ފެނުމަކީ ޢާންމު ކަމެކެވެ. މިޙާލަތުގައި ކުދިންގެ ހިތުގައި ސުވާލުތައް އުފެދޭނެއެވެ.
އިސްލާމް ދީނަށް އަމަލުކުރުމާއި ރިވެތި އަޚްލާޤް ދަރިންނަށް ދެއްކުމުގައި ގިނަ އަދަދެއްގެ ބެލެނިވެރިންނާއި މުޖުތަމައުގެ ގިނަބައަކު، ޚާއްޞަކޮށް ދައުލަތުގެ އިސް މަޤާމްތަކުގައި ތިބި ގިނަ ބައަކު ވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ވީމާ ދަރިންނަށް ދެވޭ ނަޞޭޙަތް ޤަބޫލުކުރަން ކުދިންނަށް އުނދަގޫތައް ކުރިމަތިވެއެވެ.
ވީމާ ޙައްލަކީ ފުރަތަމަ ކަމަކަށް ބޮޑެތި މީހުން، ބެލެނިވެރިންނަކީ ދަރިންނަށް ދޭ ނަޞޭޙަތަށް ޢަމަލުކުރާ ބައަކު ކަމުގައިވުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ބަސްޤަބޫލުނުކުރާތީ ދަރިން ކުށްވެރިކުރުމުގެ ކުރިން ބެލެނިވެރިން ވިސްނާލަންޖެހިފައިވާ މައްސަލަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ