ރޮނާލްޑޯއަށް ދެއްކި ރަތްކާޑާއެކު ވޯލްޑްކަޕުގެ ފުރަތަމަ މެޗު ގެއްލިއްޖެ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކެރިއަރުގައި ދެއްކި ފުރަތަމަ ރަތްކާޑާއެކު އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗު އޭނާއަށް ގެއްލިއްޖެއެވެ. ރޮނާލްޑޯއަށް ރަތްކާޑު ދެއްކީ ވޯލްޑް ކަޕް ކޮލިފައިންގައި އަޔަލެންޑް އަތުން 2-0 ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިވި މެޗުގައެވެ. އޭނާއަށް ރަތްކާޑު ދައްކާފައިވަނީ މެޗުގެ 61 ވަނަ މިނިޓްގައި އަޔަލެންޑްގެ ޑިފެންޑަރު އޯޝެއާ އަށް އުޅަބޮށިން ހަމަލާދީ ވައްޓާލުމާއި ގުޅިގެންނެވެ. މިއީ ރޮނާލްޑޯގެ ގައުމީ ކެރިއަރުގައި އޭނާއަށް ދެއްކި ފުރަތަމަ ރަތްކާޑެވެ. ރޭގެ މެޗަކީ އޭނާ ގައުމީ ޓީމަށް ކުޅެދިން 226 ވަނަ މެޗެވެ. ގްރޫޕްގެ އެއް ވަނަ އަށް ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭއިރު، އާދިއްތަ ދުވަހު، އަރްމީިނިއާ ބަލިކޮށްގެން ނޫން ގޮތަކަށް ޕޯޗުގަލް އަށް އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕުން ޖާގައެއް ނުލިބޭނެ އެެވެ. މިއާއެކު އޭނާއަށް ކޮލިފައިންގެ ފަހު މެޗުގައި އާމިނިއާއާ ދެކޮޅަށް ވެސް ނުކުޅެވޭނެ އެވެ. ވޯލްޑްކަޕުގެ ފުރަތަމަ މެޗަށް ސަސްޕެންޑް ވަނީ މި ކުށުގެ ބާވަތުން އިތުރު މެޗަށް ސަސްޕެންޑްވާތީއެވެ. ޕޯޗުގަލް އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވާނީ އާމިނިޔާ މެޗާއި ހަންގޭރީ އާއި އަޔަލޭންގް ގްރޫޕުގެ ފަހު މެޗުގައި ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ