ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ހޯދަމުން ދިޔަ އިތުރު މީހަކު ކަނޑު އަޑިން ފެނިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް ދެވަނަ މީހާ ކަނޑު އަޑިން ފެނިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި ދެވަނަ މީހާ ވަނީ 15:45 ހާއިރު ކަނޑު އަޑިން ސިފައިންގެ ޑައިވަރުން ނަށް ވަނީ ފެނިފައެވެ. ނަމަވެސް އެ މީހާ ކަނޑު އަޑިން ނެގުނުކަމެއް އަދި ނުބުނެއެވެ.
މި ހާދިސާއާއި ގެއްލުނު އެކަކު ހެނދުނު ވަނީ ފެނިފައެވެ. އޭނާ ފެނުނީ ނިޔާވެފައި އޮއްވައެވެ. އެއީ އަހްމަދު ސިފާން (38އ)، ސަރުސޫނުގެ/ގއ.ދާންދޫ އެވެ.
ބަންޑުން ޖަހާލާފައި ވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ އެ ލޭންޑިން ކްރާފްޓެކެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ