ޑްރަގާ އެކު ހައްޔަރުކުރި އަންހެން ފުލުހަކު ވަޒީފާއިން ވަކިކުރަނީ
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މިދިޔަ ޖުލައި މަހު ހައްޔަރުކުރި އަންހެން ފުލުހަކު ވަޒީފާ އިން ވަކިކުރަން ނިންމައިފި އެވެ.ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދުވަހު ހައްޔަރުކުރި ފުލުސް މީހާއަކީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ)އެވެ.އެ މައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ މައްސަލަ ބެލުމަށްފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ އޭނާ ވަޒީފާއިން ވަކިކުރަން ނިންމާފައި ކަމަށެވެ.މި މައްސަލައިގައި ފުލުސް މީހާގެ އިތުރުން ދެން ހައްޔަރުކުރީ ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ)އެވެ.ފުލުހުން ބުނީ އެ ދެމީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ