ލިޒްބަން (ސެޕްޓެމްބަރު 17) - މިދިޔަ މަހު ތުރުކީގެ ފެނަބާޗޭގެ ކޯޗުކަމުން ވަކިވި މަޝްހޫރު ކޯޗު ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ، މީގެ ކުރިން ވެސް އޭނާ އިރުޝާދުދިން ބެންފީކާއާ ހަވާލުވުމުގެ މަޝްވަރާތައް ނިމިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މޮރީނިއޯ އަށް ފެނަބާޗޭގެ ކޯޗުކަން ގެއްލުނީ، ކޮލިފައިންގައި ބެންފީކާ އަތުން ބަލިވުމުންނެވެ. ބެންފީކާގެ ކޯޗަކަށް ހުރި ބްރޫނޯ ލާޖް، އެ މަގާމުން ވަކިކުރީ ޗެމްޕިއަންސް ލީގުގައި ރޭ އަޒަރުބައިޖާންގެ ގަރަބަގް އަތުން ބަލިވުމުންނެވެ. ބެންފީކާގެ ރައީސް، ރުއި ކޮސްޓާ ބުނީ، އެ ކްލަބްގެ އާ ކޯޗެއްގެ ކަންކަން މި ހަފްތާ ބަންދު ތެރޭގައި ލަސްވެގެން ނިމޭނެ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން، ބެންފީކާ އިން ވަނީ މޮރީނިއޯއާ އެ ޓީމު ހަވާލުކުރަން މަޝްވަރާތައް ފަށައިފަ އެވެ. އަދި، މޮރީނިއޯ ވެސް އެއް އަހަރު ނޫނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އެ ޓީމާ އެކު އެއްބަސްވުމަށް ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހެޑް ކޯޗެއްގެ ގޮތުގައި މޮރީނިއޯ، ކެރިއަރު ފެށީ 2000 ވަނަ އަހަރު ބެންފީކާގައި ހުރެ އެވެ. އެއީ އެ ފަހަރު ސީޒަން ފަށައިގެން ހަތަރު ވަނަ ހަފްތާގައި، ޖަރުމަނުގެ ކޯޗު ޔުޕް ހެއިންކެސް ބެންފީކާގެ މަގާމުން ވަކިވުމުންނެވެ. އެ އަހަރު ބެންފީކާ އަށް ކޯޗުކޮށްދިނުމަށް ފަހު، މޮރީނިއޯ ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ.
މޮރީނިއޯ ކޯޗުކޮށްދިން ވަނީ ކޯޗިން ކެރިއަރުގައި 10 ކްލަބަކަށް އިރުޝާދުދީފަ އެެވެ. ބާސެލޯނާގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރި މޮރީނިއޯ، ބެންފީކާ އިން ކޯޗިން ކެރިއަރު ފެށުމަށް ފަހު، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، އިންޓަ މިލާން، ޓޮޓެންހަމް ހޮޓްސްޕާސް، ޕޯޓޯ، ރޯމާ، ފެނަބާޗޭ އަދި އުނާއީ އަށް ކޯޗުކޮށްދިނެވެ.
މޮރީނިއޯ، ބެންފީކާގެ ކޯޗުކަމާ ހަވާލުވަނީ މޮރީނިއޯ، ބެންފީކާގެ ކޯޗުކަމާ ހަވާލުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ