ލޯންޗެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކުރުމުން ކުށަށް އިއުތިރާފުވެއްޖެ ލޯންޗެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކުރުމުން ކުށަށް އިއުތިރާފުވެއްޖެ

ކ. ތިލަފުށި ފަޅު ތެރޭގައި އޮތް ސްޕީޑް ބޯޓެއް ވަގަށް ނަގައި ގެއްލުން ދިނުމަށްފަހު އިންޖީނު ގިއަރެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު ކުށަށް އިއުތިރާފުވެއްޖެ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ށ. ފޯކައިދޫ، ސިއުމާމަންޒިލް، އިބްރާހިމް މަމްދޫހް، 27 އަދި ށ. ފޯކައިދޫ، ޗަބޭލީގެ، ހަސަން ރަޝީދު އަހްމަދު، 30 އެވެ.
ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އެ ދެ މީހުންގެ ހާޒިރުކުރުމުން އެ މީހުންނާ ދެކޮޅަށް ކުށް ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ފުލުހުން ހުށަހެޅި އެވެ.
އެ ދެ މީހުން ޝަރީއަތުގެ މަޖިލީހުގައި ކޫށަށް އިއުތިރާފުވެ، ކުށްކުރެވުނީތީ ހިތާމަކުރާ ކަމަށް ބުންޏެވެ. މިއާއެކު އެ ދެމީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފަ އެވެ.
ކުރީބައިގައި ކުށަށް އިއުތިރާފުވުމުން އެ ދެ މީހުންނަށް ލުއި އަދަބެއް ދިނުމުގެ އިހުތިޔާރު ގާޒީއަށް ލިބިގެންވެ އެވެ. އެގޮތުން އިއުތިރާފުގެ އެއްބަސްވުމެއް ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއް ވެސް ހެދިދާނެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ