ބިންވެރިޔާ ސްކީމުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުމުގެ މީހުންގެ މެދުގައި ގުރުއަތު ނެގުން އަންނަ ހޮނިހިރު ދުވަހަށް ތާވަލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު ކަލާފާނު ސްކޫލުގައި ކަމަށެވެ. ގުރުއަތުލުން ފެށޭނީ ހެނދުނު 9:00 ގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ނިންމީ، ހުޅުމާލޭގެ މާސްޓާ ޕްލޭންއަށް މެއި 26، 2025 ގައި ގެނައި ބަދަލާއެކު ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ބަދަލުތަކެއް އައުމުންނެވެ.
މާސްޓާ ޕްލޭނުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ ހުޅުމާލޭގެ ފޭސް ތިނެއް، މިހާރު ހުރި ބިންތަކާ ގުޅުވައިލުމެވެ. ކުރީގެ ޕްލޭނުގައި، ފޭސް ތިނަކާއި ފޭސް އެކެއް އަދި ފޭސް ދޭއް ގުޅުވައިލަނީ ބްރިޖަކުންނެވެ. އެކަމަކު، ފޭސް ތިނެއް ދެން ގުޅުވައިލާނީ ބިން ހިއްކައިގެންނެވެ. އޭގެ ސަބަބުން ހުޅުމާލޭގެ ތިން ފޭހުގެ ކަނެކްޓިވިޓީ އިތުރުވާނެ އެވެ.
އޭގެއިތުރުން މާސްޓާ ޕްލޭންއަށް ގެނައި ބަދަލާއެކު ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދަށް ވެސް ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ކުރީގެ ޕްލޭންގައި އޮތީ ފޭސް އެކެއްގެ ފަޅުތެރެއިން ވެސް ބައެއް ހިއްކައި އެ ތަނުން ގޯތި ދޭ ގޮތަށެވެ. އެހެންނަމަވެސް، މާސްޓާ ޕްލޭންއަށް ގެނައި ބަދަލުގައި ފޭސް އެކެއްގެ ފަޅުތެރެއިން ހިއްކާ ސަރަހައްދު ވަނީ ކުޑަކޮށްފަ އެވެ. އަދި އެ ސަރަހައްދުން ގޯތި ވެސް މިހާރު އޮތް ޕްލޭނުގެ ދަށުން ނުދޭނެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތުލާނީ ގޯތި ލިބުނު މީހުންގެ ހާޒިރުގައި މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. އަދި، ގުރުނެގުން ކުރިއަށްދާ ވަގުތު، އެ ތަނަށް ވަދެވޭނީ ގޯތީގެ ވެރިންގެ ތެރެއިން ކޮންމެވެސް އެކަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ގޯތީގެ ވެރިންގެ ތެރެއިން ގުރުނަގާ ތަނަށް ވަޑައިގަންނަވާ ބޭފުޅުން، އައިޑީ ކާޑު ހިފައިގެން ދިޔުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ފޭސް ތިނަކުން ގޯތި ލިބުނު މީހުންގެ މެދުގައި ހޮނިހިރު ދުވަހު އަލުން ގުރުނަގަނީ ފޭސް ތިނަކުން ގޯތި ލިބުނު މީހުންގެ މެދުގައި ހޮނިހިރު ދުވަހު އަލުން ގުރުނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ