ގޭތެރޭގެ އިންޓީރިއާ މަސައްކަތުގައި މަގުބޫލުކަން ހޯދާފައިވާ ގަވިން އިން ގަވިން ބާޒާރުގެ ނަމުގައި މާލޭ ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ކައިރީގައި އައު ފިހާރައެއް ހުޅުވައިފި އެވެ.
މ. އަރީކާ ގްރައުންޑް ފްލޯގައި ހުންނަ އެ ފިހާރަ ހުޅުވައިދެއްވީ ގަވިންގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ގާސިމް އަދި ދިވެހި އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު، އަހްމަދު އަމީލް އެވެ.
ގަވިން އިން ބުނީ ބާޒާރުމައްޗަށް އަމާޒުކޮށް ފިހާރައެއް ހުޅުވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ އެކި ރަށްރަށަށް އެ ފިހާރައިން ކުރަމުންދާ ޑެލިވަރީ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ.
"ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަށް އަބަދުވެސް ކަންތައްތައްކޮށް މަގުފަހިކޮށްދިނުމަކީ ގަވިންގެ ވަރަށް ބޮޑަށް ކަމެއް،" ގަވިން އިން ބުންޏެވެ.
ގަވިންގެ ޝޯ ރޫމްތަކުން ލިބޭ ހުރިހާ ހިދުމަތެއް ގަވިން ބާޒާރުން ވެސް ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
ކަސްޓަމައިޒް ފަރުނީޗަރާއި، ބަދިގެ ހެދުމާއި ގޭތެރޭގެ އިންޓީރިއާއަށް ބޭނުންވާ ވޯލް ޕެނަލް، ގްރެނައިޓް، ފިލާ، ހާޑްވެއާ ސާމާނު، އުނދުން، ހުޑް، މައިކްރޯވޭވްފަދަ ހުރިހާ ސާމާނެއް ގަވިންގެ ފިހާރަތަކުން ލިބެން ހުރެ އެވެ.
ގަވިން ބާޒާރުގެ ނަމުގައި އައު ފިހާރައެއް ހުޅުވައިފި ގަވިން ބާޒާރުގެ ނަމުގައި އައު ފިހާރައެއް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ