ކަމަދޫ ކަރަންޓް ބިލުތަކުން ވަގަށް 375،000 ރުފިޔާ ނެގި މައްސަލައެއް، ދައުވާ ކުރަން ފޮނުވައިފި

އޭސީސީން ބުނީ 2017 އިން 2019 ވަނަ އަހަރުގެ ނިޔަލަށް ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ ނަގާ އެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ. ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވިއިރު ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވައިފި އެވެ.
މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ބ. ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އެ ރަށު މިނާ، އާއިޝަތު ސަމިއްޔާގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ރަސްމީ ހައިސިއްޔަތުން ވާޖިބު އަދާކުރުމުގައި ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއް ގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.އޭސީސީން ބުނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް އާއިޝަތު ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ބ.ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ ނަގާ އެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށެވެ.އެފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އެންގުމަށް ވެސް އޭސީސީން ވަނީ ނިންމާފައެވެ. އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެފައިސާ އަނބުރާ ހޯދައިދިނުމަށް އެންގުމަށް ވެސް ވަނީ ނިންމާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ