ކަރަންޓް ބިލާ ގުޅިގެން ސްޓެލްކޯއަށް 6،000 ޝަކުވާ
އެންމެ ފަހުގެ ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނެ، އެކަމާ ބެހޭ ޝަކުވާތައް ހުށަހަޅަން ސްޓެލްކޯއިން ހުޅުވާލުމުން 659 ފޯނު ކޯލާއި 6135 މެސެޖު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.ސްޓެލްކޯއިން ބުނީ ކަރަންޓް ބިލްގެ މައްސަލަގައި މިހާތަނަށް 6794 ޝަކުވާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 6135 ޝަކުވާއަކީ ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ލިބުނު ޝަކުވާތައް ކަމަށްވާއިރު، ޝަކުވާގެ 659 ފޯނުކޯލު ލިބިފައިވާކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. މި ހުރިހާ ކޯލަކަށް ޖަވާބު ދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.ކަރަންޓު ބިލުތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ނަމްބަރު 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އަދި billing@stelco.com.mv އިން އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.ސްޓެލްކޯއިން ބުނާ ގޮތުގައި ބިލުތައް ބޮޑުވީ ހޫނު ގަދަ ދުވަސްވަރާ ދިމާވެގެން ކަމަށެވެ. ކަރަންޓް ބޭނުންކުރާ މިންވަރަށް ވުރެ އިތުރަށް އެ ކުންފުނިން ބިލްކޮށްފައި ނުވާ ކަމަށާއި ބިލް ފޮނުވުމުގެ ކުރިން ވެސް ބިލަށް އަރަމުންދާ ވަރު ބަލާލެވޭނެ ކަަމަށް އެ ކުންފުނިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ