ސަދާގެ މަރުގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަން ދައުލަތުން އެއްބަހެއްނުވި

ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން މަރުވި ހަ އަހަރުގެ ސަދާ ސައުދުﷲ ގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
އޮކްޓޫބަރު، 2021 ގައި ސަދާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ސަދާ މަރުވީ ހޮސްޕިޓަލްގެ އިހުމާލުން ސަދާގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖެހުމުންނެވެ. އެ މައްސަލާގައި އޭނާގެ މައިންބަފައިން ދައުލަތާ ދެކޮޅަށް ދައުވާ ކުރަނީ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދައުލަތުން ބޭނުންވޭތޯ ބެލުމަށް ކޯޓުން ފުރުސަތު ދިނުމުން ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ދައުލަތުން ބޭނުންވަނީ ކޯޓުން އެ މައްސަލާގައި ގޮތެއް ނިންމުމަށް ކަމަށެވެ.
ސަދާ މަރުވި މައްސަލާގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ނިންމާފައިވެ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ