އެންމެ އަވަހަށް ކުރަންވީ ކަމަކީ ރައީސް މުއިއްޒު މަގާމުން ދުރުކުރުން: ސޯލިހް

މި ނޫނީ ސަރުކާރެއް ބަދަލުވެ މިހާ ކުރީކޮޅު އެ ސަރުކާރެއް ވައްޓާލަން އިދިކޮޅު މައި ޕާޓީން މިހާ ފާޅުކަން ބޮޑުކޮށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.
ވީހާވެސް އަވަހަށް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިކުރަން ޖެހޭ ކަމަށާ އެހެން ނޫނީ ދެން ކުރިމަތިވާނީ ބިރުވެރި ނަމާން ދުވަސްތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އުފަން ރަށް -- ޅ. ހިންނަވަރަށް ވަޑައިގެން ކޮއްކޯފުޅު، ޖީހާން މަހްމޫދުގެ ކެމްޕެއިން ޖަލްސާ އެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާރު އޮތީ ރައްޔިތުންނަށް ދައްޗާ ތުރާ ޖައްސާ ސަރުކާރެއް ކަމަށާ އެފަދަ ސަރުކާރެއް ބާއްވަން ހެޔޮ ނުވާނެ ކަމަށެވެ.ސޯލިހް އެހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ކަރަންޓްގެ ހާލަތު ގޯސްވުމާއި ކޮންގްރެސް ޕާޓީގެ މެންބަރުންގެ ގޭގެއަށް އެކަނި ކަރަންޓު ދިނުމަށް ގޮވާލާ ހއ. ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ދެއްކި ވާހަކަތަައް ފާހަގަ ކުރައްވަ އެވެ.ވިދާޅުވީ އެފަދަ ދަށު ދަރަޖައިގެ ވާހަކަތައް ނޫނީ ސަރުކާރުގެ މަތީން ފެށިގެން ތިރިއަށް ވެސް ނީވޭ ކަމަށެވެ. އެހެން ކަމުން ގޮވާލެއްވީ ރައީސް މުއިއްޒު ވެރިކަމުން ބޭލުމުގެ މަސައްކަތް އަވަހަށް ކުރަން ޖެހޭ ކަމަށެވެ."ވީހާ ވެސް އަވަހަކަށް ކުރަންވީ ކަމަކީ މި ބޭފުޅުން [ރައީސް މުއިއްޒު] މި ކަމުން [ވެރިކަމުން] ދުރުކުރުން. އެހެންނޫން ނަމަ އަޅުގަނޑުމެންނަށް ކުރިމަތީގައި އޮތީ ވަރަށް ނާމާން ބިރުވެރިކަމެއް،"
ރައީސް މުއިއްޒުގެ ސަރުކާރަށް އަދި ވީ ފަސް މަހެއްހާ ދުވަހެވެ. ނަމަވެސް މި ވެރިކަމަށް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް މުއިއްޒު މަގާމުން އަޒުލު ކުރުމުގެ މަސައްކަތް އެމްޑީޕީން ފަށައިގަތެވެ.ފުރަތަމަ މަސައްކަތް ކުރީ އެ މަގު ފަހި ކުރަން ގާނޫނުތަކަށް ބަދަލު ގެނައުމެވެ. މަޖިލީހުގައި އޮތް މެޖޯރިޓީގެ ބޭނުންކޮށް ރައީސާއި ނައިބު ރައީސް އަޒުލު ކުރެވޭ މާއްދާތަކަށް ކުއްލި ގޮތަކަށް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. ކުރީން އޮތް އަދަދަށް ވުރެ ކުޑަ ނަންބަރަކުން ރައީސާއި ނައިބު ރައީސް ވަކި ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ފާސް ކުރި އެވެ.އެކަން ކާމިޔާބު ނުވީ ވަރަށް ކުއްލި ގޮތަކަށް އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީ ދޫކޮށް ސަރުކާރު ހިންގާ ކޮންގްރެސްއާ ގުޅުމުންނެވެ. ގުޅުނު މެންބަރުން ވިދާޅުވީ އެ ނިންމުމަކީ ރައްޔިތުން އިންތިހާބު ކުރި ގާނޫނީ ސަރުކާރެއް އެއްވެސް ހުއްޖަތެއް ނެތި ބަދަލު ކުރަން ކުރި މަސައްކަތް ހުއްޓުވުމަށް ނިންމި ނިންމުމެއް ކަމަށެވެ. އެކަމަކު އެމްޑީޕީން ދެކެނީ ބޮޑެތި އަދަދުތަކުން ފައިސާއާ މާލީ އެހީ ދީގެން އެ މެންބަރުން ގަތީ ކަމަށެވެ.އަނެއްކޮޅުން ރައީސް އަޒުލު ކުރެވޭ މާއްދާތަކަށް ގެނައި ބަދަލުތައް ސައްހަ ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމަކީ ވެސް އެމްޑީޕީން ބޭނުންވި ގޮތަށް މި ސަރުކާރު ބަދަލު ނުކުރެވުނު ސަބަބަކަށް ވި އެވެ. އެކަން ނުކުރެވުނު ނަމަވެސް ސުޕްރީމް ކޯޓްގެ ނިންމުމަށް ގޮންޖަހާ މަޖިލީހުން ވަނީ ކޯޓުގެ ނިންމުން ބަލައި ނުގަތުމަށް ފާސް ކޮށްފަ އެވެ.މި ނޫނީ ސަރުކާރެއް ބަދަލުވެ މިހާ ކުރީކޮޅު އެ ސަރުކާރެއް ވައްޓާލަން އިދިކޮޅު މައި ޕާޓީން މިހާ ފާޅުކަން ބޮޑުކޮށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ