ވެމްކޯއިން ނަގާ ފީ ހަމަހަމަ ކުރާނެކަމުގެ ޔަގީންކަންދީފި: ފަރޭ

ވެމްކޯއިން ގޭބިސީތަކުން ނަގާ ފީ ހުރިހާ ރަށެއްގައި ވެސް އެއް އަގެއްގައި ނަގާނެކަމުގެ ޔަގީންކަން ވެމްކޯ އިން ދީފައިވާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ފަރުހަތު މުހައްމަދު(ފަރޭ) ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގެ ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ފަށަން ތައްޔާރުވަމުންދާއިރު އެރަށުގެ ގޭބިސީތަކުން ނަގަން ނިންމާފައިވާ ކުނި ފީ ވެމްކޯގެ ހިދުމަތްދޭ އެހެން ރަށްތަކަށްވުރެ ބޮޑެވެ .
އެހެންވުމުން ގިނަ ބަޔަކު އެކަމުގެ ޝަކުވާކުރި އެވެ.
މިވަގުތު މާލޭގައި ހުންނެވި ފަރޭ ކޭއޯއަށް ވިދާޅުވީ، ކުނި ފީ ހުރިހާ ރަށެއްގައި އެއްއަގެއްގައި ނަގާނެކަމުގެ ޔަގީންކަން ވެމްކޯގެ އެމްޑީ ދެއްވާފައިވާ ކަމަށެވެ.
ވެމްކޯގެ އެމްޑީއާ ހަވާލާދީ ފަރޭ ވިދާޅުވީ، ފީ ނެގުމުގައި އެއްވެސް ރަށެއްގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.
ވެމްކޯގެ ހިދުމަތް ކުޅުދުއްފުށީގެ އިތުރުން ހއ އިހަވަންދޫގައި އާއި ދިއްދޫ އަދި ވަށަފަރުގައި ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ