ސަރުކާރުގެ ހުރިހާ ވުޒާރާއަކުންވެސް މަހަކު އެއް ފަހަރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮންމެ ވުޒާރާއަކުން މަދުވެގެން މަހަކު 1 ފަހަރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކިރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިއަދު ބާއްވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެވެ.
ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު މީޑިއާއާއި ވޭހާވެސް ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދެފުށް ފެންނަ ސަރުކާރެއް ހިންގަވާނެ ކަމަށާ، މީޑިއާ ތަކަށް ބޭނުންވާ މައުލޫމާތުތައް ދެއްވާނެ ކަމަށް އެމަކނުކުފާނު ވަނީ ވިދާޅުވެފައެވެ. 
ސަރުކާރުގެ ވުޒާރާ ތަކުގެ އިތުރުން ރައީސް އޮފިހުގެ އިސް ތަރުޖަމާނުގެ ފަރާތުން ކޮންމެ ހަފްތާ އަކު އެއް ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. އެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތު ތައް ހާމަކުރައްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ