އެމްޑީޕީ މާލެ ދާއިރާގެ ރައީސް ކަމަށް މޭޔަރު އާޒިމް ވާދަކުރައްވަނީ

އެމްޑީޕީ ޤައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލުމަށް ނިންމަވާފައިވާ ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މި ކަން އާޒިމް ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން، އާޒިމް ވިދާޅުވީ އުފާވެރި އަދި އެކުވެރި ބަދަހި ސަފުތަކެއް ރޭވުމުގެ އަޒުމާއެކު، ތަރުތީބުކުރުމުގެ ޤާބިލުކަން ހުރުމާއި، ހިތާއި ރޫހުން މަސައްކަތް ކުރެވޭނެކަމަށް ޤަބޫލުކުރެވޭތީ، މި މަޤާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
Advertisement
"އުފާވެރި ، އެކުވެރި ބަދަހި ސަފުތަކެށް ރާވާ ހިންގުމުގެ އަޒުމާއެކު، ތަރުތީބު ކުރުމުގެ ގާބިލުކަން ހުރީތީވެ ، ހިތާ ރޫހުން ވާނެކަން ގަބޫލު ކުރެވޭތީ އެމް.ޑީ.ޕީ ގައުމީ މަޖްލީހުގެ މާލޭ ދާއިރާގެ ރައީސްކަމަށް ތިހުރިހާ ބޭފުޅުންގެ ބައިވެރިވުމާއިއެކު ކުރިމަތިލުމަށް ނިންމައިފިން."
އާޒިމް ވިދާޅުވިއެވެ.
‏އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި އިންތިހާބުގެ ބައި-އިލެކްޝަން އޮންނާނީ 2024 އޯގަސްޓް 2 ވާ ހުކުރު ދުވަހުއެވެ.
މި ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ޝަރުތަކަކީ:
1) 2024 ޖުލައި 1 އާ ހަމައަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން.
2) ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފުވެފައި ނުވާ މެންބަރެއް ކަމުގައިވުން.  
އެހެންކަމުން، މިމަޤާމްތަކަށް ކުރިމަތިލަން ބޭނުންވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ