ދާއިރާގެ ވޯޓުން މެންބަރުން ވަކިކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ޑިމޮކްރެޓްސްގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ނަމަވެސް އިއްޔެ އޭނާ ވަނީ އެ އިސްލާހު އަނބުރާ ގެންގޮސްފަ އެވެ.
ދާއިރާގެ ރައްޔިތުންގެ ވޯޓަކުން އެ ދާއިރާގެ މަޖިލިސް މެންބަރު މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންގޮސްފި އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ޑިމޮކްރެޓްސްގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ނަމަވެސް އިއްޔެ އޭނާ އެ އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށް މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ އިއުލާނުކޮށްފަ އެވެ.ހަސަން މި އިސްލާހު ހުށަހެޅިއިރު، މެންބަރުން ޕާޓީ ބަދަލުކުރުމުން އަދި އިންތިހާބުވާ ފަރާތްތަކުން ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭނެ ގޮތަށް އެމްޑީޕީން ހުށަހެޅި އެންޓި-ޑިފެކްޝަން ބިލު ވަނީ ފާސްކޮށްފަ އެވެ.ހަސަން ހުށަހެޅި އިސްލާހުގައި ވަނީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރު ކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ވިޔަސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމުން މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
އަދި، މެންބަރަކު މަގާމުން ވަކިކުރަން އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި ޕަސެންޓެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކި ކުރަން އެ ދާއިރާގެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ އެވެ.މީގެ އިތުރުން ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރުމުން މެންބަރުކަމުން ވަކިވާނެ އެވެ.މި އިސްލާހުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ އިސްލާހަކާއި، ގާނޫނު އަސާސީއަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އިތުރު އިސްލާހެއް ވެސް އަނބުރާ ގެންގޮސްފައިވާ ކަމަށް ރިޔާސަތުން ވަނީ އިއުލާނުކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ