ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރުކަމަށް އައްޔަން ކުރުމުން، ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައި ވާތީ އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާންގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުަސަތު ހުޅުވާލީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. 
ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ އެ މަގާމުަގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރުކަމަށް އައްޔަން ކުރެއްވުމުންނެވެ. 
ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޒަރީރު ވަނީ ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ. 
މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރަކީ ޑރ. މުހައްމަދު ޝަފީގެވެ. ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު އޭނާ އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު، 2024 ގަ އެވެ. އޭގެ ފަހުން އެ މަގާމު އަދާކުރެއްވީ މޫސާ ޒަމީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ