އިންތިހާބީ މެންބަރު ފަރުހަތުގެ އޮފީހެއްގައި ހުޅުޖެހި މީހާ ހައްޔަރު ކޮށްފި

މިއަދު 2:55 ހާއިރު ހައްޔަރު ކުރީ އުމުުރުން 31 އަހަރުގެ މީހެއް ކަމަށް ވެެސް ބުންޏެވެ.
ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހުގައި ހުޅުޖެހުމުގެ ތުހުމަތަށް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ މި މަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ހުރި ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިއަދު 2:55 ހާއިރު ހައްޔަރު ކުރީ އުމުުރުން 31 އަހަރުގެ މީހެއް ކަމަށް ވެެސް ބުންޏެވެ.އެއީ ދިވެހި ފިރިހެެނެކެވެ. އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ،ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.މިދިޔަ އާދިއްތަ ދުވަހު އޮތް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް / ކުރީގެ ޓޫރިޒަމް މިނިސްޓަަރު އަލީ ވަހީދާ ވާދަކޮށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދެވެ. ފަރުހަތަކީ ސަރުކާރު ހިންގާ ކޮންގްރެެސްގެ ކެންޑިޑޭޓެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ