ގިނައީ ޔޫރަޕު މީހުން | ޖުމްލަ ޓޫރިސްޓުންގެ އަދަދު 800،000 އަށް

މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ގަދަ ފަހެއްގައި ޗައިނާ ނަގާފައި އޮތީ މުޅިންވެސް ޔޫރަޕުގެ ގައުމުތަކެވެ. މިއީ އާމްދަނީގެ އޭންޖަލުން ބަލާނަމަ ޓޫރިޒަމަށް ހެވެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 800،000 ފަހަނަ އަޅައި މިލިއަނަކާ ގާތަށް ޖެހިލައިފި އެވެ. 
ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ނިޔަލަށް އައިސްފައިވަނީ 794,109 ޓޫރިސްޓުންނެވެ. އަދި މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،000 ޓޫރިސްޓުން އަންނަ ކަމަށް ދައްކާއިރު މި އަދަދުން ބަލާނަމަ މިހާރު 800،000 ޓޫރިސްޓުން ވާނީ ހަމަވެފަ އެވެ. 
މިހާރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދުން ބަލާނަމަ ދުނިޔެއަށް މިގޮތުގައި އޮވެއްޖެނަމަ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ކުރިއަށް އޮތީ އޮފް ސީޒަން ކަމަށްވުމުން މިހާރު އަންނަ ޓޫރިސްޓުންގެ އަދަދަށް ކޮންމެވެސް ވަރެއްގެ މަދުވުމެއް އަންނާނެ ކަމަށް ފެނެ އެވެ. 
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އައިސްފައިވަނީ ޖުމްލަ 168,647 ޓޫރިސްޓުންނެވެ. މި އަދަދަކީ ކުރީމަހު އައި 164,357 ޓޫރިސްޓުންނާ އަޅާކިޔާނަމަ ތިން ޕަސެންޓުގެ އިތުރުވުމެކެވެ. 
މި ވަހުތު ޓޫރިޒަމްގެ ކުރިއަށް ރަނގަޅަށް ދައްކާއިރު އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ މީހުންނެވެ. އެއް ނަމްބަރުގައި މިވަގުތު ޗައިނާ އޮތްނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މި މަގާމުގައި އޮތީ އިންޑިއާ އެވެ. އިންޑިއާ މިވަގުތު އޮތީ ޓޫރިސްޓު ޓޭބަލްގެ ހަ ވަނާގަ އެވެ އެ ގައުމުން އައިސްފައިވަނީ 43,991 ޓޫރިސްޓުންނެވެ. މީގެ އިތުރުން ރާއްޖޭގެ ފަދަ ފަހެއްގައި ހިމެނެނީ ޔޫރަޕުގެ ގައުމު ތަކެވެ. މިއީ އާމްދަނީގެ އޭންޖަލުން ބަލާނަމަ ރަނގަޅު ބަދަލެއްގެ ގޮތުގައި ތަޖުރިބާކާރުން ދެކެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ