މާލޭ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމަށް ސްޓެލްކޯއިން
ބުނެފިއެވެ.
އެކުންފުނިން ބުނީ، މިއަދު ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ ކަމަށް ބެލެވެނީ ޗަނބޭލީ މަގު ގޯޅި 6 އަދި 7 ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން 15:00 އަށް ކަމަށެވެ.
އަދި މާލޭގެ ގަލޮޅުގެ މަޖީދީމަގާއި، ދަނބުރުމަގު، ރަށްދެބައިމަގު، ރަތްވިލާގޯޅި އަދި އަލިކިލެގެފާނު މަގު ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން ހަވީރު 17:00 އަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ހެންވޭރުގެ ސޯސަން މަގާއި، ދޫހިމެރިމަގު، މަޖީދީމަގު އަދި ކާސިންޖީމަގު ހިމެނޭ ސަރަހައްދުން ހެނދުނު 10:00 އަކުން 12:00 އަށް ކަރަންޓް ދިޔުން ވެސް އެކަށީގެންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ