އާސަންދައިގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ކަމަށް ޝަހީދު މުހައްމަދު އައްޔަނުކުރައްވައިފިއެވެ.
ޝަހީދު ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ކަމަށް އައްޔަނުކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
ޝަހީދު މީގެ ކުރިން ވަނީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުގެ އިތުރުން 2015 ވަނަ އަހަރު އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަންކޮށްފަ އެވެ.
އަދި އޭގެ ފަހުން ޝަހީދު ވަނީ 2017 އިން 2020 އަށް ސިވިލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމު ވެސް ފުރުއްވާފަ އެވެ.
އާސަންދައިގެ ޗެއަރމަނަކަށް ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ