ސަރުކާރުން ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި ރައްޔިތުންނަށް މާފުކޮށް ދޭނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށްދެއްވާނެ ކަމަށް އެމަނިކުފާނަު ވިދާޅުވެއްޖެއެވެ.
ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް އެމަނިކުފާނު ދުވަހަކުވެސް ދެކޮޅު ނަހައްދަވާނެ ކަމަށެވެ.
ނަމަވެސް ދިވެހިދައުލަތުގައި އޮތް އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ، އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު، އެ ހައްްޤުން އެއްބައި ރައްޔިތުން މަޙްރޫމުވެފައި ވުމަކީ ކޮން އިންސާފަކުން ކުރާ ކަމެއްތޯ އެމަނިކުފާނަު ވަނީ ސުވާލު ކުރައްވާފައެވެ. 
Advertisement
އަދި ހަމަ ހިއްކި އެބިމުގައި ޢިމާރްކޮށްފައިވާ އިޖްތިމާޢީ ބޯ ހިޔާވަހިކަމުގެ ކުދި ކުދި ފްލެޓް ތަކުން 20 - 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީވެސް ކޮންކަހަލަ ހަމަ އަކުން، ކޮންކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ. 
އެހެން ކަމުން އަޅުގަނޑުގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދޭނަމެވެ
ގާސިމް އިބްރާހިމް 
ރިޔާސީ އިންތިހާބުގެ ވަގުތު ކުޑަތަންވެފައިވާއިރު، ގާސިމް އާއި ޓީމުން ވެސް އަންނަނީ ރާއްޖޭގެ ރަށްތަކަށް ކެމްޕޭނަށް ދަތުރު ކުރައްވަމުންނެވެ. 
އެދަތުރު ތަކުގެ ތެރެއިން ޖޭޕީން އަންނަނީ އެ ޕާޓީގެ މެނިފެސްޓޯ އާއި ޕާޓީގެ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދެއްވަމުންނެވެ. 
އަދި އޭގެ އިތުރުން ވެސް ކޮންމެ ރަށަކުން، އެ ރަށުގެ ރައްޔިތުން ބޭނުންވާ ފަސް ކަމެއް ކޮށްދެއްވާނެ ކަމަށް ގާސިމް ވައުދު ވަމުންދާއިރު، އެނޫންވެސް ކޮންމެ ރަށަކަށް އެމަނިކުފާނަު ކޮށްދެއްވާނެ ކަންކަން އަންނަނީ ހާމަކުރައްވަމުންނެވެ. އެއީ؛ 
1. ބަނދަރު މަތީ މިސްކިތެއް އަޅައިދިނުން
2. ބަނދަރު މަތީ ފާހާނާ ބަރިއެއް އަޅައިދިނުން
3. ސްކޫލްތަކުގެ ކްލާސްރޫމްތަކާއި މިސްކިތްތަކުގައި އޭސީ ހަރުކޮށްދިނުން
4. ސްކޫލްތަކުގައި މި ޒަމާނުގެ ކޮމްޕިއުޓާ ލެބެއް ގާއިމްކޮށްދިނުން
7. ސްކޫލްތަކުގައި ސްމާޑް ބޯޑާއި 75 އިންޗީގެ ޓީވީ ހުރިހާ ގާއިމްކޮށްދިނުން
6. ކޮންމެ ރަށެއްގައި ހިނަވާ ގެއެއް ގާއިމްކޮށްދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ