ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ނިންމަވާފަ އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ ގާޒީ އަހުމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ ސިވިލް ކޯޓުގެ އިސްގާޒީ އަވަހާރަވުމާ ގުޅިގެން ޝަރުއީ ދާއިރާގެ ދިދައާ ބެހޭ ގަވާއިދުގެ ދަށުން މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ނިންމަވާފައިވާ ކަމަށެވެ.
އުމުރފުޅުން 36 އަހަރުގެ ޒުވާން އިސްގާޒީ ހާޓްއެޓޭކެއް ޖެހި، އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. އިސްގާޒީ އެ މަނިކުފާނުގެ ގެކޮޅުގައި އުޅުއްވަނިކޮށް ކުއްލިއަކަށް ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ އަވަހާރަ ވެފަ އެވެ.އިއްޔެވެސް ކޯޓަށް ވަޑައިގެން މަސައްކަތުގައި އުޅުއްވެވި އިސްގާޒީ، ނިމާލްގެ މައްޗަށް ކުރާ ކަށުނަމާދާއި ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގަ އެވެ.ގއ. މާމެންދޫ، ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރީ މިދިޔަ މާޗް މަހު އެވެ. އޭނާ އިސްގާޒީ ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ