ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ޝިޔާން އެމްޑީޕީއަށް އަލުން ސޮއިކުރައްވައި ފޯމު އެމެޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އާއި ހަވާލުކުރެއްވީ މިރޭގެ ވަގުތެއްގައެވެ.
ޝިޔާން އަކީ ރައީސް ނަޝީދު އިސްކޮށް ހުނަންވައިގެން އުފެއްދެވި "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރި އެމްޑީޕީގެ 13 މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ. އަދި މީގެ އިތުރުން ރައީސް ނަޝީދަށް އެންމެ ވަފާތެރި މެންބަރުންގެ ތެރޭގައިވެސް ހިމެނޭ މެންބަރެކެވެ.
ޕާޓީން ވަކިވުމަށްފަހު ޝިޔާން ގެންދެވީ ރައީސް ސޯލިހް ނުން ގޮތެއް ހޯދަންޖެހޭ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަސް ފާޑުވިދާޅުވަމުންނެވެ.
ޝިޔާންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ލަތީފުވެސް ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ