ނިއުވޭގެ އާބާދީ އިތުރުކުރަން ހޯދާ ކޮންމެ ކުއްޖަކަށް ފައިސާގެ ބޯނަހެއް!

ދެކުނު ޕެސިފިކް ކަނޑުގައި ކުޑަ ރަށެއްގެ ގޮތަށް އުފެދިފައި އޮންނަ ނިއުވޭގެ އާބާދީ އިތުރުކުރަން އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ފައިސާގެ ބޯނަހެއް ދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ. އާބާދީ ދަށްވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ދިމާވެފައިވާ، ނިއުޒިލޭންޑް ކައިރީގައި އޮންނަ ނިއުވޭގައި ހޯދާ ކޮންމެ ކުއްޖަކަށް 2000 ނިއުޒިލޭންޑް ޑޮލަރު (1437 އެމެރިކާ ޑޮލަރު) ދިނުމަށް ވަނީ ނިންމައިފައެވެ. ކުއްޖާގެ އެންމެ ޅަފަތުގެ ދުވަސްވަރު ހަތަރު އިންސްޓޯލްމަންޓަކަށް ބަހާލައިގެންދޭން ނިންމާފައިވާ އެ ފައިސާގެ ދިނުމުގައި ނިއުވޭގެ ރައްޔިތުންގެ އިތުރުން ނިއުވޭގެ ރައްވެއްސަކަށް ވެފައިވާ މީހުން ވެސް އޭގެ ތެރޭގައި ހިމެނޭނެއެވެ. ނަމަވެސް 1500 މީހުންނަށްވުރެ ވެސް މަދު އާބާދީއެއް އޮންނަ ނިއުވޭގެ ރަށްވެއްސަކަށްވުމަށް ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ނަގައެވެ. ނިއުވޭގެ ސަރުކާރުން ބުނީ، އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ފައިސާދޭން ނިންމުމުން ބެލެނިވެރިންނަށް އެކަމުގެ ސަބަބުން ހިތްވަރެއް ލިބި، ގައުމު ދެމެހެއްޓުމުގައި އެހީއަކަށް ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ